English Edition
Dhivehi Edition

ތިންވަނަބައި..

ފޯނުން އަލިކޮށްލުމަށް ފަހު އަޔާން އެނަން ކިޔާލިއެވެ. ” ނައިނާ” އަޔާންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހާދަރީތި ނަމެއް! އަޔާން އެކެވެލިކޮޅަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން ހުއްޓެވެ. އެސްފިޔަ ޖަހާވެސް ނުލައެވެ. އެފިނި ފަތިހުގައި އަޔާންގެ ހިތަށް އިތުރަށް ފިނިކަމާ ހިތްހަމަޖެހުން ލިބެމުން ދިޔައެވެ. އަޔާން ސިއްސައިގެން ދިޔައީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ. އަވަސްއަވަހަށް އެކެވެލިކޮޅު ޖީބަށް ލިއެވެ. އަދި ގެއަށްދާން ހިނގައިގަތެވެ. ބުނެދެން ނޭނގޭކަހަލަ އިޙުސާސްތަކެއްގެ ތެރެއަށް އަޔާން ގެނބެނީއެވެ. އެހެންނަމަވެސް އެހީ އުފާވެރި އިޙުސާސްތަކެކެވެ. ހިތްހަމަޖެހުން ގެނުވައިދޭ އިޙުސާސްތަކެކެވެ. ގެއާ ހިސާބަށް ދެވުނުއިރު ދުނިޔެމައްޗަށް އަލިކަން ލިބިއްޖެއެވެ. ފަތިހުގެ ހިތްގައިމުކަމުން ރީތި ހެނދުނަކަށް މަރުޙަބާ ކިޔަން ތައްޔާރު ވެއްޖެއެވެ. މީހުން ހިނގާބިނގާވެ އުޅެން ފަށައިފިއެވެ.

ގޯތީގެ ބޭރުދޮރާށި ހުޅުވާލުމަށް ފަހު އަޔާން އެތެރެއަށް ވަނެވެ. ” ދަރިފުޅާ މިހާ ހެނދުނާ ކޮންތާކުން؟” ”މިއައީ ނަމާދުކޮށްގެން ރަށުތެރޭގަ ބުރެއްޖަހާލައިފަ!” މަންމާ ކޮފީތައްޓެއް ގެނެސްދީބަލަ! ވަރަށް ކޮފީ ބޯހިތްވެއްޖެ! ” ކޮފީއޭ ދަރިފުޅުތީ ކޮފީބޯ ކުއްޖެއް ނޫނެއްނު! އަނެއްކާ ދަރިފުޅު ރަނގަޅުތަ! ” އާނ ތެދެކޭ ދޯ މަންމާ! ހަނދާން ނެތުނީ،،، ގެނެސްދީ މައިލޯތަށި! އެހެންބުނުމަށް ފަހު އަޔާން އަވަހަށް ގޭތެރެއަށް ވަނެވެ. ”މަންމަ ހީކުރާނީ ކީކޭބާ! އެހެނޭވާނީ މިކެވެލިކޮޅު ފެނުނީމަ ކިހިނެއްތަ މިވަނީ! އަޔާން ހިތާހިތުން ކިޔާލިއެވެ.

” އަން މިހިރީ މައިލޯތަށި! ދަރިފުޅާ ކޮންކަމަކާތަ ތިހެނީ! ” ހެނީއޭ އަހަންނަށް އެބަ ހެވޭތަ! ތީ މަންމައަށް ހީވާގޮތް! ” މަންމައަށް ކަމެއް އެބަ ހީވޭ! އަނެއްކާ އުފާވެރި ޚަބަރެއް ދޭންތަ ތިއުޅެނީ… ” އާނ… އުހުނ،،، ދެން މަންމަވެސް ދައްކާ ވާހަކަ،،، އަޔާންއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. އެހެންވެ އަވަސްއަވަހަށް މައިލޯތަށި ހިފައިގެން ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ އަތުގައި އޮތް ކެވެލިކޮޅަށް ބަލާލިއެވެ. ގައިން މިފަހަރުވެސް ހީބހި ނަގައިގަތެވެ. އަތުތެރޭގައި ކެވެލިކޮޅު ބާއްވައިގެން އެނދުގައި އޮށޯތީ ނިދާލެވޭތޯއެވެ.

އަޔާންއަށް ހޭލެވުނީ މެންދުރުނަމާދު ބަންގީގެ އަޑަށެވެ. އަވަސްއަވަހަށް ފެންވަރައިނަމާދަށް ދިޔައެވެ. މިސްކިތުން ފޭބީ ޤުރުއާން ކިޔަވަން އިނދެފައެވެ. ހިނގަމުން އައި މަގުމަތީގެ ކަންމަތީގައި ހުރި ” ހިތްއުފާ” ފިހާރައަށް ވަދެވުނީ ބޭއިޚުތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފަހަރަކު ހަރުގަނޑެއް ބަލަމުން ގޮސް ލުނބޯފަނި ބޯހިތުން ލުނބޯ ގަނެ ކޮތަޅަށް އޅައިގެން އެނބުރިލި ވަގުތު މީހެއްގެ ގައިގާ ލައިގެނެ ވެއްޓެން އުޅުނެވެ. އަތުގައި ހުރި ލުނބޯ ކޮތަޅުވެސް ބަންޑުވިއެވެ. ”ސޮރީ” އޭ ބުނަން އިސް އުފުލާލި ވަގުތު ފެނުނު މީހާގެ ސަބަބުން ދެފައި ތުރުތުރު އަޅަން ފެށިއެވެ. ނޭވާ އަވަސްވެ މުޅިމީހާ ދާހިތްލަން ފެށިއެވެ. ކުރިމަތީގައި އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ނައިނާއެވެ. އެނަން ކިޔާލެވުނީ ދުލަކުން ނޫނެވެ. ހިތުންނެވެ. އެކަމަކު ހިތުގެ އެގޮވުން ނައިނާއަށް އަޑު އިވިއްޖެއެވެ. ނައިނާ ރަކިވިއެވެ. ލަދުގަތެވެ. ” އޭނާވެސް ސޮރީއޭ ބުނެ ހިނގައިގަތް ވަގުތު ނައިނާއޭ ކިޔާފައި ގޮވާލެވުނެވެ. މިފަހަރު ހަމަރަނގަޅަށްވެސް ދުލުންނެވެ. ނައިނާ ހުއްޓުނެވެ. އެނބުރި ބަލާލިއެވެ.

” ކިހިނެތް އަހަރެންގެ ނަން އެނގުނީ! ތީ،، ރޭގަ ފެންގަނޑުތެރެއިން… އެހިސާބަށް ބުނެފަ ނައިނާ ހުއްޓާލިއެވެ. ލަދުން އިސްދަށަށް ޖަހާލިއެވެ. ނައިނާގެ ކިބައިގައިވާ އަންހެންވަންތަ ސިފަ ފެނި އަޔާން ހުރީ ހިންދިރުވާލަންވެސް ނޭނގިފައެވެ. ނައިނާގެ އެރީތި ސޫރަ އަޔާން ކުރިމަތިން ހަމަލޮލަށް ފެންނާތީ އަޔާންއަށް ލިބެމުންއެދާ އުފަލަކީ ބަޔާން ކުރަން ދަތި އުފަލެވެ.

” އަހަންނަށް ކިޔަނީ އަޔާން” ސީދާ ނައިނާގެ ލޮލަށް ބަލަން ހުރެ އަޔާން ނަން ބުނަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. އޭރުވެސް އަޔާންގެ އަތް ތުރުތުރު އަޅައެވެ. ނައިނާ ހުރީ ވަރަށް ލަދުންނެވެ. އެހެންނަމަވަސް ސަލާމުގެ ބަދަލު ދިނުމުގެ ގޮތުން އަތް ދިއްކޮށްލިއެވެ. އަޔާންގެ އަތުތެރޭގައި ނައިނާގެ އަތް މެހިއްޖެއެވެ. ” ކޮންފަދަ މަޑު އަތްތިލައެއް ހެއްޔެވެ؟ އެހާ ފިންޏެވެ. އަޔާން ހިތާހިތުން ކިޔަމުން ދިޔައެވެ.

ނައިނާ ލަދުން މުޅިމޫނު ރަތްވިއެވެ. އަވަސްއަވަހަށް އަޔާންގެ އަތުތެރެއިން އޭނާގެއަތް ދަމައިގަނެ ފިހާރައިން ނުކުތުމަށް ދުއްވައިގަތެވެ. ނައިނާ ގަތް ލޯޝަން ފުޅިވެސް ބާއްވާފައެވެ. ދުއްވައިގަތް ވަގުތު ލޯޝަންފުޅި ފިހާރަ ތެރެއަށް ވެއްޓުނީއެވެ. އަޔާންހުރީ ޕުލާސްޓިކު ބުދެން ހެނެވެ. ނައިނާގެ ފުރަތަމަ ނަޒަރުން އެކުރި ސަލާމް އަޔާނުގެ ހިތުގައި ކަރަންޓުގެ ވަރުގަދަ ޝޮކެއް ޖެހުނުކަހަލައެވެ. ނައިނާގެ އެ ހިނިތުންވުމާއި ލަދުރަކި ގޮތްގަނޑުން އަޔާން މުޅިން ދީވާނާ ކޮށްލައިފިއެވެ.

”މީ ބުދެއްތަ؟ މީޙަކު އެހެން ބުނުމުން އަޔާން ސިއްސައިގެން ދިޔައެވެ. އަދި ވަރަށް ލަދުރަކި ފާޑަކަށް ހުރެ ފިހާރައިގެ ތެރޭގައިވާ ލުނބޯތައް ހޮވަން ފެށިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ނައިނާ ގަތް ލޯޝަން ފުޅިއެވެ. ފުޅި ނަގާ މޭގައި ޖައްސާލިއެވެ. ” ސުބުހާނަﷲ ކޮންފަދަ ހިތްގައިމު ކަމެއް ހެއްޔެވެ؟ އަހަންނަށް މިވަނީ ކިހިނެތް ބާވައެވެ. ލޯޝަންފުޅި ހިފައިގެން ގޮސް އެއަށްވެސް ފައިސާ ދައްކާފައި އަޔާން ފިހާރައިން ނުކުތެވެ.

މެންދުރުފަހުގެ ވަގުތެވެ. އަތިރިމަތީގައި ހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އަޔާން އޮތީ ވައިޖައްސާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އޭނާގެ ޚިޔާލުތައް ވަނީ މުޅިން އެހެން ހިސާބެއްގައެވެ. ” ނައިނާ” އަތުތެރޭގައިވާ ކެވެލިކޮޅު ނަގާ އެއަށް ބޮސްދެމުން އަޔާން ކިޔާލިއެވެ. އަދި ޖީބުން ލޯޝަންފުޅި ނަގާ އޭގައި ވަސްގަތެވެ. އެވަގުތު އެލިބުނު އުފާ ޚުދު އަޔާނަށް ބުނެދޭންވެސް ނޭނގެއެވެ.

ކުއްލިއަކަށް އަޔާން އޮތް ހިސާބަށް ފުއްޕާހަންތަކެއް އަންނަން ފެށިއެވެ. ފަހަތުން ކުޑަ ފިރިހެން ކުއްޖަކާ އަންހެނެއް ދުވެފައި އަންނާތީ ފެނެއެވެ. ހީވާ ގޮތުން އެމީހުން އެއަންނަނީ ފުއްޕާހަންތައް އަތުލަން ވެގެނެވެ. އެހެން ނަމަވެސް ވައިބާރުވުމުގެ ސަބަބުން އަތު ނުވަނީއެވެ. އަޔާންގެގައިގާ އެތަނުން ފުއްޕާހަމެއް ޖެހުނެވެ. އޭނާ އެހަން ނެގިއެވެ. ދުރުން އަންނަ އަންހެން މީހާއާ ދިމާއަށް ބަލައިލިއެވެ. ދެފައި ތުރުތުރު އަޅަން ފެށިއެވެ. ” ނައިނާ” އަޔާންއަށް ކިޔައިލެވުނެވެ.

ނައިނާ އައިސް އަޔާންއާ އަރާ ހަމަވިއެވެ. އަޔާން ފެނުމުން ނައިނާއަށް ވީގޮތް އަދި މާ މަޖަލެވެ. އަރިއަޅާލައިގެން ވެއްޓެން އުޅުނީއެވެ. އަޔާން ވަރަށް ޚުށިޔާރެވެ. ވަގުތުން ނައިނާގެ ގައިގާ ހިފެހެއްޓިއެވެ. ނައިނާ އޮތީ އަޔާންގެ އަތްދަނޑިމަތީގައެވެ. ދެމީހުންގެ މޫނު ވަނީ އެހާމެ ކައިރީގައެވެ. އެކެއްގެ ނޭވާ އަނެކަކަށް އިޙުސާސް ވާހާވެސް ކައިރީގައެވެ. ހީވަނީ ފިލްމީ މަންޒަރެއް ހެނެވެ. ( ނުނިމޭ … )

 

5 ކޮމެންޓް
އަލީ ޝަހީމްް
ޖެނުއަރީ 25, 2023
މަޖާ ކޮއްލީ
އަލީ ޝަހީމްް
ޖެނުއަރީ 25, 2023
ކަމަކު ނުދޭ
ޒާ
ޖެނުއަރީ 24, 2023
އަޔާނޫ... ތަންކޮޅެއް ފިރިހެންވެބަލަ. ނައިނާ ފެންނައިރަށް ތިޔަހުންނަނީ ގަނޑުވެފަ ވިއްޔަ. ކިހިނެއް ކަމެއްވާނީ. ނިކަން ގޭގެ ނަމާ ފޯނު ނަންބަރާ އެއްޗިހި ހޯދަބަލަ. އޭރުންނު ކަމެއްވާނީ. ތިޔަ ލޯޝަން ފުޅިން ލޯޝަން ކޮޅެއް އުގުނޅަދީ ކެވެލިކޮޅު އަޅުވާ ހަދާބަލަ.
Mister
ޖެނުއަރީ 23, 2023
Aneh bayah kehmadhu vefa
Fath
ޖެނުއަރީ 23, 2023
Varah Reethi Ayaanah tiya vaagothakun hini annanee Nainaa fenifa Thankolhe Digukoh genesdheebala