English Edition
Dhivehi Edition

ޔާމިން ރާއްޖޭގައި ކުރެއްވީ އަނިޔާވެރި ވެރިކަމެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ސާލިހުގެ ފެކްޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ހުރިހާ ވެރިން ނުހައްގުން ޖަލަށް ލެއްވި ކަމަށެވެ. އަދި މުވައްސަސާތައް މުށުތެރެއަށް ލައްވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޔާމީނާއި ޚިޔާލުތާފާތުވި މެމްބަރުން ޖަލަށްލާ، ޔާމިނު ތަންފީޒު ކުރި އަނިޔާވެރިވެރިކަމުގެ މަތިން ދިވެހިރައްޔިތުން ހަދާން ނުނެތޭނެ ކަމުގައިވެސް މާރިއާ ވިދާޅުވި އެވެ.

ރިޔާ ވިދާޅުވީ، ޔާމިން ވިޝަނަރީ ލީޑަރެއް ކަމަށް ދެކޭ ކެނޑިޑޭޓަކަށް އެމްޑީޕީގެ މެމްރުން ވޯޓު ދީގެން ނުވާނެ ކަމަށެވެ.

ނަޝީދަށް ތާއީދުކޮށްގެން ތިބި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ރައީސް ސާލިހަށް ވޯޓު ދިނުމަށް މާރިޔާ ވަނީ ގޮވާލައްވާފަ އެވެ.

އެމްޑީޕީގެ ފިކުރު ދިރުވީ ވެސް, ދެމެހެއްޓީ ވެސް, ކުރިއަރަން އޮތީ ވެސް ޓިކެޓް ރައީސަށް ދީގެން ކަމަަށާއި، ރައީސް ސާލިހު ގެެނެސްދެއްވަމުން ގެންދަވާ ތަރައްގީއަށްޓަކާ ވެސް ރައީސް ސާލިހަށް ވޯޓު ދޭން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.