English Edition
Dhivehi Edition

ޓެކާރސް ސްޕޯޓްސް މެނޭޖްމަންޓް ކުންފުނިން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކުޅިވަރު ހަރަކާތްތަކުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި ޕަރޓްނާރޝިޕްގެ ދަށުން ޓެކާރސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ތަފާތު އިވެންޓްތަކަށް ދިރާގުން ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި އިވެންޓްތަކުގެ ތެރޭގައި ފުޓްސަލް، ހޭންޑްބޯލް، 3×3 ބާސްކެޓްބޯލް އަދި ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގެ އިތުރުން ދުވުމެއް ވެސް ހިމެނާފައިވެއެވެ. މީގެ އިތުރުން ޓެކަރސް އިން ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ސިލްސިލާކޮށް އެކްސްޕޯޝަރ އިވެންޓްތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އިވެންޓްތަކުގެ ޒަރިއްޔާއިން އެރަށެއްގެ ތަފާތު ސަގާފީ ތަރިކައާއި އާދަކާދަ ދައްކުވައިދޭނެއެވެ.

“ޓެކާރސްއިން ބާއްވާ ކުޅިވަރު އިވެންޓްތަކުގެ ޑިޖިޓަލް ޕާޓްނަރަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކި ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާޢީ ހަރަކާތްތައް ކުރިއެރުވާ އެކަންކަމަށް އެއްބާރުލުންދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕަރޓްނާރޝިޕް މެދުވެރިކޮށް މިކަން ހާސިލްކުރުން،” ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

“ދިރާގުން އަބަދުވެސް ކުޅިވަރު އަދި އިޖްތިމާޢީ ހަރަކާތްތައް ކުރިއެރުވުމަށް ދެމުން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބައިވެރިންނާއެކު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޓެކާރސްގެ އިވެންޓްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” މި އަހަރުގެ ޓެކާރސްގެ އިވެންޓްތައް ކުރިއަށް ގެންދިކުންފުންޏާ ގުޅިގެން މަސައްކަތް ކުރުމަށް،” ޓެކާރސްގެ ކޯ-ފައުންޑަރ، ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ޓެގު