English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

އައްޑޫ ސިޓީ ހިތަދޫ އިސްލާމީ މަރުކަޒު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ސ. ހިތަދޫ އިސްލާމިކް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” އާއި، މިނިސްޓްރީ އޮފް ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު” އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ ” ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ”އާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 500ރ.ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 15 ނޮވެންބަރު 2022 އިން 26 ޖަނަވަރީ 2023 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ކަމަށާއި، ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެ މިނިސްޓްރީއަށް އީމެއިލްކުރަންވާނެ ކަމަށެވެ.

އެ މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން 16 ޖަނަވަރީ 2023 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަޝްރޫޢާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ޖަނަވަރީ 2023ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރަންވާނެއެވެ. މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 360،000ރ. ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބިޑުތައް ހުޅުވުން އޮންނާނީ 30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 11:00:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި، ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

1 ކޮމެންޓް
ރަށިކޮއްޔާ
ޖެނުއަރީ 16, 2023
ރައްޔަތުންނަށް ފޮރުވައިގެން ކަންކަން ނުކޮށް ހާމަކޮށް ރައްޔަތުންގެ ޚިޔާލު ވެސް ހޯދައިގެން ކަންކަން ކުރުމަކީ އެންމެ މަސްލަހަތު ރަނގަޅުގޮތް. އައްޑޫގައި އިސްލާމިކް ސެންޓާރެއް އަޅާ ވާހަކަ ދައްކާތާ ދުވަސްގަނޑެއްވެއްޖެ. ނަމަވެސް ބިޑަށް އިޢްލާންކުރި އިރުވެސް ރައްޔަތުންނަކަށް ނޭނގޭ އެތަން އަޅަނީ ކޮން އަވަށަކު ކޮންތަނެއްގައިކަމެއް. އަދި ކުރެހުމެއް ވެސް ރައްޔަތުންނަށް ނުފެނޭ. މިހެން ނަހައްދަވާ. ކަންކަން ނުފޮރުވާ. އީއައިއޭ ފާސްނުވަނީސް ރަށުގައި ހުރިއްޔާ ހުރި ހުސް ބިމެއް ގާޑިޔާ ހިންގަން ދޫކޮށް ހުސްކޮށްފި.