English Edition
Dhivehi Edition

މެޕްސް ކޮލެޖްއިން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކުގެ ޖަނަވަރީ 2023 އިންޓޭކްއަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 22ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަމަށް މެޕްސް ކޮލެޖުން ބުނެފިއެވެ. ޖަނަވަރީ 2023 އިންޓޭކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

މީގެއިތުރުން، މެޕްސްކޮލެޖްއިން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގެތެރެއިން އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތަކުގެ ކިޔެވުން ޖަނަވަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު މީގެތެރެއިން ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓާސް ކޯސްތަކަށް ދެން އެންމެ އަވަހަށް ކުރިމަތިލެވޭނީ މިއަހަރުގެ މާރިޗް މަހުގައެވެ. 3 ދާއިރާއަކަށް ޚާއްޞަކޮށްގެން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮރޑް ޝަޔަރގެ މާސްޓާސް ކޯހަކީ، 12 މަސް ދުވަހުން ފުރިހަމަކުރެވޭ ކޯހެކެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ އިތުރުން ފައިނޭންސް އަދި ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓްއަށް ޚާއްޞަ 3 ދާއިރާއަކުން މާސްޓަސްއަށް ކިޔެވުމުގެ ފުރުޞަތު މެޕްސް ކޮލެޖުން ދަރިވަރުންނަށް ލިބިގެންދާނެއެވެ. މެޕްސް ކޮލެޖުން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތަކަކީ މަތީ ތަޢުލީމު އުނގެނުމަށް ޝައުޤުވެރިވާ ދަރިވަރުންގެތެރޭ ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ ކޯސްތަކެކެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ޖަނަވަރީ-23 އިންޓޭކްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ ޖަނަވަރީ މަހުގެ 15ވަނަ ދުވަހެވެ. ޖަނަވަރީ-23 އިންޓޭކްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވީހާވެސް ގިނަ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށްކަމަށް އެކޮލެޖުން ބުނެއެވެ.

މިއަހަރުގެ އޭލެވެލް ނިންމާ ދަރިވަރުންގެތެރެއިން މަތީ ތަޢުލީމު ކިޔެވުމަށް ޝައުގުވެރިވާ ކުދިންނަށް މިއީ ވަރަށް ރަގަޅު ފުރުޞަތަކަށް ވެގެންދާއިރު، މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޯސްތަކަކީ މިދަރިވަރުންނަށް އެންމެ އެކަށީގެންވާ ކޯސްތަކެވެ. އެގޮތުން އޭލެވެލްގެ 2 ފާސް ނުވަތަ އޭލެވެލްގެ ދިވެހި އަދި އިސްލާމް މާއްދާއިން “ސީ” ފާހަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ބައިވެރިވެވޭނެއެވެ. މީގެއިތުރުން އޭލެވްލް ފާސް ނެތްފަރާތްތަކަށް ލިބިފައިވާ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލަރސް ޑިގްރީގައި ކިޔެވުމުގެ ފުރުޞަތުވެސް މެޕްސްކޮލެޖުން ލިބިގެންދާނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް”ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ. ހަމައެއާއެކު މިކޯސްތައް ބައްޓަން ކުރެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ.

2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ދެމުން އަންނަ މެޕްސްކޮލެޖްގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް މަތީ ތަޢުލީމު ފުރިހަމަކުރުމަށް ލިބިގެންދާނެ ވަރަށް ރަގަޅު ފުރުޞަތެކެވެ. މީގެއިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ފަރާތަކަށްވެސް ބެޗެލަރސް ޑިގްރީގެ ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު މިހާރު މެޕްސްކޮލެޖުން ލިބިގެންދާނެއެވެ. މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބިގެންދާނެއެވެ. އަދި ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު އެކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުންވެސް ލިބިގެންދާނެއެވެ. މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއްކޮލެޖެވެ.