ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް 10 އަތޮޅަކަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އިން ހުދު ސަމާލު ނެރިފައިވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 6:00 އިން މެންދުރު 12:00 އަށެވެ.މެޓުން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއިއެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށެވެ.
ކުރިއަތް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށް މެޓުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.