English Edition
Dhivehi Edition

ޏ. ފުވައްމުލަށް އިރުން 32 ނޯޓިކަލް މޭލު ބޭރުން އިންޑިއާ މަސް ބޯޓެއް ފެނިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ގުޅުމުން އެކަމަށް އަޅާ ނުލި ކަމަށް ފަރެސް މާތޮޑާގައި ދުއްވާ ޑެއިޒީ ވިއު ނަމަކަށް ކިޔާ މަސް ދޯންޏަކުން ބުނެފިއެވެ.

ޑެއިޒީ ވިިއު ދޯނީގެ ފަޅުވެރިޔަކު އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ ހެނދުނު 10:30 ގައި މި ބޯޓް ފުވައްމުލަކު އިރުން ފެނިގެން ވަގުތުން އެމް. އެން. ޑީ. އެފް އަށް ގުޅުމުން އެކަމަށް އަޅާނުލި ކަމަށެވެ. އަދި އެ ބޯޓާ ކައިރިވިއިރު އެއީ އިންޑިއާގެ ބޯޓެއްކަން ޔަގީން ވެފައިވާކަމުގައި އެ ބޯޓުން ވާހަކަ ދެއްކި “ އެ ބޯޓުގައި އިންޑިއާ ދިދަ ހުރި. ރެޖިސްޓްރީ ނަންބަރަކަށްވެސް އިނީ އިންޑިއާ ނަންބަރެއް. އެހެންވެ އެމް. އެން. ޑީ. އެފް އަށް ގުޅާފަ ހުރިހާ މައުލޫމާތެއް ދީފަ ވާނީ.” ޑެއިޒީ ވިއު ދޯނީގެ ފަޅުވެރިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން މަސްވެރިކަން ކުރާ މިފަދަ ބޯޓްތައް މީގެ ކުރިން ވެސް ވަރަަށް ގިނަ އިން ފެނި އެކަމަށް ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅުވެސް އަޅާފައި އެބަހުއްޓެވެ.

މި ކަމާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިފަދަ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުން ގިނަވުމަކީ ދިވެހި މަސްވެރިންނަށާއި ދިވެހި ރާއްޖެއަށް ގިނަ ގެއްލުންތަކެއް ކުރިމަތި ވާނެ ކަމެއްކަމަށް މަސްވެރިކަން ކުރާފަރާތްތަަކުން ދެކެއެވެ.

1 ކޮމެންޓް
ބޯހަލާކު.
ޖެނުއަރީ 10, 2023
ފައްތާލާ!