English Edition
Dhivehi Edition

ބޭސިކް ފޮޓޯގްރަފީ އާ ބޭސިކް އެޑިޓިންގެ ހާއްސަ ވޯކްޝޮޕެއް އައްޑޫސިޓީގެ ހިތަދޫގައި ބޭއްވުމަށް މަޝްހޫރު ފޮޓޯގްރާފަރު އަލީ ނިޝާން (މިލްޒީރޯ ނިޝާން) ތައްޔާރުވެއްޖެއެވެ.

ނޮވެމްބަރު މަހުގެ ނުވަޔަކުން 11 އަށް އައްޑޫގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ބޭސިކް އެޑިޓިން އަދި ބޭސިކް ފޮޓޯގްރަފީ ދަސްކޮށްދޭނެ އެވެ. ބައިވެރިންނަށް ތިއަރީ ކްލާސްތަކެއް ނަގައިދިނުމުގެ އިތުރުން ޕްރެކްޓިކަލް ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ ފޮޓޯ ނަގަން އަލަށް ދަސްކުރާ ފަރާތްތަކަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީ އަކީ 1،500 ރުފިޔާ އެވެ. ބައިވެރިވުމުގެ ފުުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް ޖެހެނީ މިލްޒީރޯ ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށް އޮންލައިންކޮށް ފޯމް ފުރާލާށެވެ. އައްޑޫގައި ގާއިމްކޮށްފައިވާ ފޯކަލް ޕޮއިންޓާ ގުޅައިގެން ވެސް ބައިވެރިވެވޭނެ އެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފޯމް ނިޝާންގެ އޮފިޝަލް ފޭސްބުކް ޕޭޖު “މިލްޒީރޯ” އިން ލިބެން ހުންނާނެ އެވެ. އައްޑޫގެ ފޯކަލް ޕޮއިންޓަކ ޝާފިއު ޖަމީލެވެ. ގުޅޭނެ ނަމްބަރަކީ 7976383 އެވެ.

މިލްޒީރޯން ވަނީ މިމަހުގެ 2 އިން 4 އަށް ގދ. ތިނަދޫ ގައި ވެސް ފޮޓޯގްރަފީ ވޯކްޝޮޕް ބާއްވާފައެވެ. މި ވޯކްޝޮޕްގައި މައިގަނޑުގޮތެއްގައި ބައިވެރިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނީ ނިޝާން އެވެ. މިިދޔަ އޯގަސްޓު މަހުގެ ތެރޭގައި މާލޭގައި ނިޝާން ވަނީ ރީޓަޗިން ދަސްކޮށްދޭ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ނިޝާން އަކީ ފޮޓޯގްރަފީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ.