English Edition
Dhivehi Edition
ބޭންކް އޮފް މޯލްޑިވްސް ހެޑްކުއަާރޓާރޒް/ފޮޓޯ: ބީއެމްއެލް

މިއަހަރުގެ ބޭންކު ބަންދު ދުވަސްތަކުގެ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ދުވަހެއް ބަންދު ކުރާގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅައިފި އެވެ.

އެ ބޭންކުން މިއަދު އާންމުކުރި އެންގުމެއްގައި ބުނެފައިވަނީ މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ޚިދުމަތްދޭ ހުރިހާ މަރުކަޒުތައް ބަންދުވާނެ ކަމަށެވެ.

ބޭންކު ބަންދުކުރާ ހަތަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އޭޓީއެމް އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް މުޢާމަލާތު ކުރެވޭނެ ކަމަށް ބެންކުން ވަނީ ހާމަ ކޮށްފައެވެ. އަދި އެ ބޭންކުގެ ކަސްޓަމަރ ސަޕޯޓު ނަންބަރު: 3330200 އިންވެސް ހިދުމަތް ލިބޭނެ އެވެ.