English Edition
Dhivehi Edition

މިއަދު9:00 އަށް ތާވަލްކޮށްފައިވާ ރައީސް ޔާމީން ގެ ޝަރީޢަތް އަދި ނުފެށެއެވެ. ޝަރީޢަތް ލަސްވަމުން ދިޔަ ކަމުގައިވިޔަސް ޝަރީޢަތުގެ މަޖްލިސް ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ ލިބޭ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް އަދި ކްރިމިނަލް ކޯޓަށް ވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ކޯޓުގެ ޢިޝާރާތެއް ލިބުމުން ކޯޓަށް ވަޑައިގަންނަވަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް މަޢުލޫމާތު ލިބެއެވެ. ރައީސް ޔާމީންގެ ޝަރީޢަތް މިއަދު ކުރިއަށްދާ ސަރަޙައްދަށް އެމަނިކްފާނުގެ ސަޕޯޓަރުން ދަނީ ޖަމާވަމުންނެވެ.

އިދިކޮޅު ލީޑަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ މައްސަލައިގައި ޙުކުމް އިއްވުން މިއަދުގެ ޝަރީޢަތުގައި އޮންނާނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން، އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑަރ ކުރެއްވި ކަމަށް ބުނެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.