English Edition
Dhivehi Edition
ފޮޓޯ:އެސްޓިއޯ ޕީޕަލްސް ޗޮއިސް

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓިއޯގެ ވެއާރ ހައުސް ސޭލް ފަށައިފިއެވެ.

ފުވައްމުލައް ސިޓީގައި މިއަދު ފެށި މި ސޭލް ފައްޓަވައިދެއްވީ އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގްއެވެ.

މި މަހުގެ 24 އަދި 25 މި ދެ ދުވަހު ކުރިއަށް ގެންދާ މި ސޭލްގައި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުންވާ ތަކެތި ލިބެން ހުންނާނެ އެވެ. ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ސޭލް ފަށާނީ ހަވީރު 4:00 އިން 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

May be an image of 3 people, people standing and indoor
ފޮޓޯ: އެސްޓިއޯ ޕީޕަލްސް ޗޮއިސް

ބޮޑެތި ޑިސްކައުންޓްތައް ހިމަނައިގެން އެސްޓިއޯއިން ކުރިއަށް ގެންދާ ވެއާ ހައުސް ސޭލްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެސްޓިއޯ އިން ވިއްކާ އެއްޗެހީގެ ރަހަ ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސޭލް އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ވިހި ފަރާތަކަށް އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ

މިއީ އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ބާއްވާ އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ސޭލެކެވެ.