English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ،

ސިޓީ ކައުންސިލުން ބުނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް 18 ޑިސެންބަރު 2022 ދުވަހުން ފެށިގެން އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ރަސްމީ ދުވަސްތަކުގެ ހެނދުނު 9.00 އިން މެންދުރު 13.00އަށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޑިސެންބަރު 2022އިން 19 ޖަނަވަރީ 2023ގެ 13.00އަށް އައްޑޫސިޓީގައި އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހުންނެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯމް ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި އައްޑޫސިޓީގެ އަވަށުއޮފީސްތަކުން ލިބެންހުންނާނެއެވެ.