English Edition
Dhivehi Edition
ފުވައްމުލައް ނޭޗާ ޕާކް: - ފޮޓޯ: ތޮލާލް މުހައްމަދު

ދޫނޑިގަން އިޖްތިމާޢީ ބިން ތަރައްޤީކުރުމަށްޓަކައި ހޯދަންޖެހޭ ތަކެތި ހޯދުމާއި އިންސްޓޯލްކޮށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 26 ޑިސެންބަރު 2022 ގެ 10:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ޑިސެންބަރު 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.