English Edition
Dhivehi Edition

ޒަވިޔަނި ޔޫތް ފެސްޓިވަލްގެ ނަމުގައި ޒުވާނުންނަށް ބޮޑު ފެސްޓިވަލްއެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށާރަ ވަނަ ދުވަހުގެ ހަވީރުގައެވެ.ޒުވާނުންގެ “ތަހުވާރު” މި ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގެ މަޤްސަދަކީ އެކިއެކި ދާއިރާތަކުން ކުރިއަރަމުން އަންނަ ޒުވާނުންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުންކަމަށް ޔޫތު މިނިސްޓަރީންވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީން ވިދާޅުވީ މީއީ ޒުވާނުންގެ ދުވަހާއި ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ދެވޭ ހަދިޔާއެއްކަމަށެވެ.

މި ތަހުވާރުގައި ޒުވާން ވިޔަފާރި ވެރިންނާއި، ޒީނަތްތެރިވުމުގެ ދާއިރާ އާއި ކުރެހުމާ ތަފާތު ފަންނުވެރިކަމާއި އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާއިރު މިއީ އެއް މާހައުލެއްގެ ތެރޭގައި ހުރިހާ ޒުވާނުން ބައްދަލުކޮށް ތަޢާރަފްވުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ޔޫތު މިނިސްޓްރީންވަނި ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެވެސް 17 ނޮވެމްބަރު ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު މިއީ ޒުވާނުންގެ ދުވަހާއި ގުޅިގެން މިހާ ބޮޑު ފެސޓިވަލެއް ބާއްވާ ފުރަތަމަ ފަހަރެވެ