English Edition
Dhivehi Edition

އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި, މިފްކޯގެ އުފެއްދުންތައް ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) އިން ފަށައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައިވަނީ މިފްކޯގެ އުފެއްދުންތައް އައްޑު އަތޮޅު ހިތަދޫ އަދި ހިތަދުއާއި ގުޅިފައިވާ ރަށްތަކުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓަކަށްވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

މިފްކޯ އިން ބުނީ މިފްކޯއިން މުދާ ހިތަދޫ ނުވަތަ ފޭދޫ ބަނދަރާއި ހަމައަށް ފޯރުކޮށްދިނުމުން، ގުދަން ކުރުމާއި ވިއްކުމަކީ އެޖެންޓުގެ ޒިންމާއެެއްކަމަށެވެ. އަދި އެޖެންޓަކާއި ހަވާލު ކުރެވިފައިވާ ރަށްރަށުގެ މާކެޓް ދިރާސާކޮށް، ޑިމާންޑަށާއި އަގަށް އަންނަ އެންމެހާ ބަދަލުތައް މިފްކޯ އާއި ހިއްސާކުރުމާއިއެކު މާކެޓް ހޯދުމުގައި މިފްކޯއަށް އެހީތެރިކަން ފޯރުކޮށްދޭންވާނެކަމަށެވެ.

މިފްކޯ އިން ބުނީއެެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 01 ބީލަން ކަމަށާއި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށައަޅާ 2 ފަރާތެއް އެޖެންޓުންގެ ގޮތުގައި ކަނޑައެޅޭނެކަމަށެވެ. މިފްކޯ އިން ބުނީ އެ ކުންފުނީގެ ގެ އެޖެންޓުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް، އެޖެންޓު ރޭޓު ގެ ގޮތުގައި ކަނޑައަޅާފައިވާ އަގުތަކެއް ހަމަޖައްސައި ދެވޭނެއެވެ.

މިފްކޯއިން އެޖެންޓު ގަންނަ މުދާ، ހިތަދޫ ނުވަތަ ފޭދޫ ބަނދަރާއި ހަމައަށް ގެންގޮސްދިނުމު ގެ މަސައްކަތް ކޮށްދޭނީ މިފްކޯއިންނެވެ. އަދި އެޖެންޓުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަށް ކުރެޑިޓަށް މުދާ ދޫކުރުމާއިމެދު ގޮތެއް ކަނޑައަޅާނީ ހަމަޖެހިފައިވާ އުސޫލުގެ މަތިން މިފްކޯގެ ކްރެޑިޓް ކޮމެޓީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެކޮމެޓީން ކަމަށް ވެސް މިފްކޯ އިން ވަނީ ބުނެފައެވެ.

އެެޖެންޓުން ވިއްކުމަށް ހަމަ ޖެހިފައިވާ ބާވަތްތައް:
1 ދަޅުމަހުގެ ބާވަތްތައް
2 ރޯ ކަނޑު މަހުގެ ބާވަތްތައް
3 ހިކި ކަނޑުމަހުގެ ބާވަތްތައް
4 އެހެނިހެން މިފްކޯގެ އުފެއްދުންތައް

ބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 22 ޑިސެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން mv.mifco@contract އީމެއިލް އެޑްރެސް އަށެވެ.