English Edition
Dhivehi Edition

“ސާތް ނިބާނާ ސާތިޔާ”ގައި މައުސޫމު ގެވެހި އަންބެއްގެ ރޯލުން ގިނަ ބައެއްގެ ހިތް އަތުލި ޑެވޮލީނާ ބަޓަޗަރްޖީ (ގޯޕީ ބަހޫ) ކައިވެނިކޮށްފިއެވެ.

މީގެ ކުރިން ޑެވޮލީނާ އާއި ވިޝާލް ސިންގް(ޖިގަރް މޯދީ) އާއި އެންގޭޖުވެފައިވާކަމުގެ ހަބަރުތައް ފެތުރިފައިވާއިރު، ޑެވޮލީނާގެ ކައިވެންޏާއި އެކު މި ދެ ތަރިންގެ ސަޕޯޓަރުންނަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

މި ދެ ފަންނާނުންގެ ލޯބީގެ ވާހަކަތަކުގެ އަޑު ކިތަންމެ ގަދަވެގެން ދިޔަ ނަމަވެސް ޑެވޮލީނާ ކައިވެނިކޮށްފައިވަނީ، އޭނާ ކަސްރަތުކުރަން ދާ ޖިމްގެ ޓްރެއިނަރު ޝާހްނަވާޒް ޝައިހްއެވެ. އާއިލާއާއި ވަރަށް ގާތް އެކުވެރިންނަށް ދައުވަތު ދީގެން ބޭއްވި މި ރަސްމިއްޔާތުގެ ބައެއް ފޮޓޯތައް މިހާރު ޑެވޮލީނާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. މި ފޮޓޯ ތަކާއެކު ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަމުން އަންނައިރު ބައެއް މީހުން ވަނީ ވިޝާލް އާއި ބެހޭ ގޮތުންވެސް ސުވާލުކޮށްފައެވެ.

https://www.hindustantimes.com/web-stories/devoleena-bhattacharjees-wedding-pics-_NJIfKtVdPB_wa8L_rT3

މި އަހަރުގެ ފެބްރުއަރީ މަހު ޑެވޮލީނާ އާއި ވިޝާލް އެންގޭޖްވެފައިވާކަން ޑެވޮލީނާ އަމިއްލައަށް އިއުލާންކުރީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެހެންކަމުން ކުއްލިއަކަށް ވިޝާލް އާއި ރުޅިވެ އެހެން މީހަކާއި ކައިވެނިކުރި ސަބަބާއި ބެހޭ ގޮތުން ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.