English Edition
Dhivehi Edition
އައްޑޫސިޓީ

މިދިޔަ ނޮވެމްބަރު މަހު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހަކު ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީ އާއި މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ސ. މަރަދޫފޭދޫ، އާޒާ، މުހައްމަދު ގައިސް ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ގައިސްގެ ފަރާތުން މިމައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އޭނާ ބަންދުކުރީ ގޯސްކޮށް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ހައިކޯޓުގެ އަމުރާއި އެއްގޮތަށް އޭނާ ދޫކޮށްލި ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައި ހުރެއްޖެނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ބަލައި، ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 11 ވަނަ ދުވަހުގެރޭ ގެ ވަގުތެއްގައި އަލުން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނަ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.