English Edition
Dhivehi Edition

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކްލަބް ސްޕޯޓްސްކޯ އިން އިންތިޒާމުކޮށްގެން އާ އަހަރަށް މަރުހަބާ ކިޔުމަށް ‘5ކޭ ޓީމް ރަންގެ’ ނަމުގައި ޓީމް ރަންއެއް ބާއްވަން ނިންމައި، ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 ޖެނުއަރީ 2023 ވާ ހުކުރު ދުވަހު ހެނދުނު 6:30 ގައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ދުވުން އިންތިޒާމުކުރާ ފަރަތުން ބުނީ މި ޓީމް ރަންގެ ބޭނުމަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށް، ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށް ހޭލުނުްތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ދުވުމެއް ކަމަށެވެ. މީގެ އިތުރުން މިއީ އެކުވެރި މާހައުލެއްގައި ދުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ދުވުމެއް ކަން މި އިވެންޓް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.

މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރު މުވައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން ޖަމިއްޔާޖަމާއަތް ތަކަށްވެސް ވަނީ ހުޅުވާލާފައެވެ. ކޮންމެ ޓީމެއްގައިވެސް ފަސް ބައިވެރިން ހިމެނުމުގެ ފުރުސަތު ލިބިގެންދާ އިރު މި ދުވުން ނިންމިކަމަށް ބެލުމަށް ހަމަޖެހިފައިވާ މިންގަޑަކީ ޓީމްގެ ހުރިހާ ބައިވެރިން އެއް ވަގުތެއްގައި ދުވުން ނިންމުމެވެ.

މި ދުވުމުގައި ބައިވެރިވުމަށް ބޭނުންވަ ރަޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ.

https://docs.google.com/forms/d/e/1FAIpQLSdXP1Luq0sUIrz1zVw2i0Xtsm0WGrWUgx4KdEzGdczX0EHHQw/viewform?usp=pp_url

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވާ އާދިއްތަ ދުވަހު 12:00 އެވެ.

‘5ކޭ ޓީމް ރަންގެ’ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއެވެ.