English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް މި މަހުގެ 2 ވަނަ ދުވަހު، ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައިވެސް ބަލެކްމެއިލް ކޮށް ފައިސާ ހޯދާ މައްސަލަ އިތުރުވެފައިވާއިރު، ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މި ފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.