English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިއަށް ދާ ފީފާ ވޯލްޑް ކަޕްައި މިރޭ ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަން ފްރާންސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 1-2 އިންނެވެ.

މި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ފްރާންސުންނެވެ. އެގޮތުން އެމްބާޕޭ އާއި އޮލިވާ ޖިރޫޑްގެ ހަމަލާތައް ނުރައްކާކޮށް ފެނުނުއިރު، މި ހަމަލާތައް ހުއްޓުވީ ޑެންމާކުގެ ގޯލް ކީޕަރު ޕީޓާ ސްމައިކަލްއެވެ.

ފްރާންސުން މެޗުގެ ލީޑު ނެގީ 61 ވަނަ މިނިޓުގައިއެވެ. އެޓީމުން ލީޑުނެގި ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއެވެ. މި ލަނޑު އެމްބާޕޭ ކާމިޔާބު ކުރީ ތިއޯ ހެނާންޑޭޒްގެ އެހީތެރިކަމާއި އެކުގައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޑެންމާކުން ނަތީޖާ އެއްވަރު ކުރިއިރު، މި ލަނޑު ޑެންމާކަށް ކާމިޔާބު ކޮށްދިނި އެންޑާސަންގެ އެހީތެރިކަމާއި އެކު ޑިފެންޑަރު ކްރިސްޓެންސަންއެވެ.

މި މެޗުގައި ފްރާންސް މޮޅުވި ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި ޖަހައިދިނީ ވެސް އެމްބާޕޭ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ. އަދި ފްރާންސް ޓީމަށް ކުޅުނު 12 މެޗުގައި ޖަހައިދިން 14 ވަނަ ލަނޑެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ދެވަނަ ބުރުން ޖާގަ ފްރާންސއިން ހޯދިއިރު، މިއީ މި މުބާރާތުގައި ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމެވެ. ފްރާންސް އަތުން ބަލިވި ޑެންމާކް ވެސް މިހާތަނަސް ދެ މެޗު ކުޅުނުއިރު، ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. އެހެންކަމުން ގްރޫޕް ސްޓޭޖްގައި އެ ޓީމު ކުޅޭ އެންމެ ފަހު މެޗުގައި އޮސްޓްރޭލިއާ ބަލިކުރަން ވަނީ މަޖުބޫރު ވެފައެވެ.