English Edition
Dhivehi Edition
ގއ. ވިލިގިނލި-

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ވެރި ފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ސެޕްޓެމްބަރ 6 ވަނަ ދުވަހު ވިލިނގިލިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބޯޝް ބްރޭންޑުގެ ދެ ގްލޭންޑަރާއި ސޭންޑަަރެއްގެ ވެރި ފަރާތް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި ތަކެތީގެ ވެރިފަރާތުން 9792109 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާ ( އިންސިޑެންޓް ނަންބަރ 533302) އެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

މި ތަކެތީގެ އިތުރުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ. މި ގޮތުން އޮގަސްޓް 26 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭޑްގެ ގްރޭންޑަރަކާއި ނޮވެމްބަރ 15 ވަނަ ދުވަހު ޓެނިސްކޯޓު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ޓީސޯޓް ބްރޭންޑުގެ އަތުކުރީ ގަޑިއެއް ގެ ވެރި ފަރާތް ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ،

މީގެ އިތުރުން ނޮވެމްބަރ 15 ވަނަ ދުވަހު ކަނބާއައިސަރަނި ހިނގުމުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 50 ރުފިޔާ އާއި ނޮވެމްބަރ 21 ވަނަ ދުވަހު އަރަބިއްޔާ ސްކޫލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާގެ ވެރި ފަރާތް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އަދި މި ތަކެތީގެ ވެރިފަރާތުން ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

އިތުރަށް ފުުލުހުން ވަނީ ނޮވެމްބަރ 10 ވަނަ ދުވަހު ޓީވީއެމް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އައިފޯނު 7 ޕްލަސްގެ ވެރި ފަރާތުން ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް އެދިފައެވެ.