English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްއިން ކުޅުދުފުށި ސިޓީ ކައުންސިލް އާއި ގުޅިގެން އުރީދޫ އެސްއެމްބީ މީޓްއަޕް-ނޯތު އެޑިޝަން އިއްޔެ ހދ.ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

އުރީދޫ އެސްއެމްބީ މީޓަޕް އަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ ނެޓްވޯކް ކޮށް، ޚިޔާލު ބަދަލުކޮށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް ޙިދުމަތްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށް އަދި ޕާޓްނަރޝިޕް ތަކަށް ފުރުސަތު ހުޅުވައިލަދޭ ޕްލެޓްފޯމެކެވެ.

މިއަހަރުގެ ޖޫން މަހުގައި އުރީދޫ މޯލްޑިވްސް އިން ފެށި މި ފޯރަމް އެންމެ ފުރަތަމަ ބާއްވައިފައިވަނީ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ދުވަހު ގްރޭޓާ މާލެއަށް އަމާޒުކޮށް މާލޭގައެވެ.

“އުރީދޫ މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މުޖުތަމައު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި އިގްތިސާދުގެ ވަރަށް މުހިންމު ހިއްސާއެއްް. ޑިޖިޓަލް ސޮލިއުޝަންތަކުން ދެމަހެއްޓަނިވި ގޮތެއްގައި ރާއްޖޭގައި ވިޔަފާރިތަކަށް ކުރިއެރުން މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި މިއަހަރު ކުރީކޮޅު އަޅުގަނޑުމެން މި މަސައްކަތް ފަށާފައިވާއިރު، މި ފޯރަމް ރާއްޖޭގެ އުތުރަށް ގެނެސް، މި ސަރަޙައްދުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ.

“ދެމެހެއްޓެނިވި ކުރިއެރުމަކަށް ޓަކައި ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތައް ބާރުވެރިކުރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ މި މަސައްކަތަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މި ސަރަޙައްދުގެ ވިޔަފާރިތަކަށް ގެނެވޭ ބަދަލުތަކުން ލިބޭ ކުރިއެރުމަކީ އުތުރުގެ ރައްތަކުގެ މުޖުތަމަޢުއާއި އިޤްތިޞާދަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް.” ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ތައްޔާރުކޮށްފައިވާ ހާއްސަ ވެބްޕޭޖެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުރީދޫއިން ފޯރުކޮށްދޭ ޙައްލުތަކާ ބެހޭގޮތުން އުރީދޫއިން މައުލޫމާތު ސާފުކޮށްލުމަށް https://www.ooredoo.mv/smb_form ޒިޔާރަތްކޮށްލައްވާށެވެ.

އުރީދޫ ނެޓްވޯކްމެދުވެރިކޮށް ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ބައެއް ފައިދާތަކުގެ ތެރޭގައި:

  • މުޅި ރާއްޖެ ހިމެނޭހެން 4ޖީ ކަވަރޭޖް ލިބުން
  • ވިޔަފާރިތަކަށް ހާއްސަ ޕެކޭޖްތައް މެދުވެރިކޮށް ކަނެކްޓިވިޓީ ސޮލިއުޝަން (ޕޯސްޓްޕެއިޑް ވޯކް ގްރޫޕް ޕްލޭން، ފައިބާ ސުޕަނެޓް ބްރޯޑްބޭންޑް، 5ޖީ އެއާފައިބާ، މޫލީ، އެމް-ފައިސާ)
  • ގްރޭޓާ މާލޭގެ ބޮޑު ބައެއް ކަވަރުކުރާ 5ޖީ ނެޓްވޯކް
  • ކުޅުދުއްފުށި، ސިންގަޕޫރު އަދި ޔޫރަޕާއި ގުޅާލާ ޕީސް ކޭބަލްއަށް އިންވެސްޓްކުރުން: ޕީސް ކޭބަލް އެޅުމާއެކު އުރީދޫ އިންޓަނެޓް ސްޕީޑާއި ލެޓެންސީ ބޮޑުތަނުން ރަނގަޅުވެ، ވިޔަފާރީގެހަރުދަނާކަން އިތުރުވެ، ޓެކްނޮލޮޖީގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
  • ޓަޔަރ 3 ރެޑީ ޑޭޓާ ސެންޓަރުގައި ވިޔަފާރިތަކުގެ ސާވާ ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދިއުން.

ވީހާވެސް ގިނަ ވިޔަފާރިތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އުރީދޫ އެސްއެމްބީ މީޓްއަޕްތައް މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.