English Edition
Dhivehi Edition
އޭއީއެޗް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް “ޔޫރޮލޮޖީ” ޙިދުމަތް ފެށުމަށް ބޭނުންވާ އިކުއުޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މީގެ ކުރިން އއީއެޗް އިން ކުރި އިޢުލާންގެ ދަށުން ކުރަންޖެހޭ މަސައްކަތަށް ބަދަލު ގެންނަން ޖެހޭތީ އެ އިޢުލާން ބާޠިލުކޮށް އަލުން ހުޅުވާލި ފުރުސަތުގައި ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ނޮވެމްބަރ 2022 އިން ފެށިގެން 28 ނޮވެމްބަރ ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމަށް އެދިފައެވެ.

އޭއީއެޗް އިން ވަނީމެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެހުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އޭއީއެޗް އިން ބުނީ މެއިލް ކުރުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެކަމަށާއި ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 29 ނޮވެމްބަރ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އޭއީއެޗް އިން ވަނީ އެދިފައެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރުމުގެ ފަހު 01 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީހުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުމަށް އެދިފައެވެ.

އިއުލާން ލިންކް: https://www.gazette.gov.mv/iulaan/216968

މި ޢިއުލާނާއި އެކު މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.