English Edition
Dhivehi Edition
އަަކްޝޭ ކުމާރު

ދޮގު ހެދިކަމަށް ބުނެ ބޮލީވުޑްގެ ޕްރޮޑިއުސަރު ފޯރޯޒް ނާދިއަދުވާލާ ގެ ތިން ފިލްމަކުން ބޮލީވުޑްގެ ސުޕަ ސްޓާ އަކްޝޭ ކުމާރު ބޭރުކޮށްލައިފިއެވެ.

އަކްޝޭ ކުމާރު ވަނީ ސަބަބުތަކާހުރެ ހެރާ ފެރީ 3 އޭނާ ނުކުޅޭނެކަން ސާފުކޮށް ބުނެފައެވެ. މި ކަލްޓް ފިލްމުގައި އަކްޝޭ ކުމާރުގެ ބަދަލުގައި ކާރްތިކް އާރިޔަން ކުޅޭ ކަމުގެ ޚަބަރު ލިބުމުން އަކްޝޭގެ ފޭނުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން އަކްޝޭ ބުނީ ސްކްރިޕްޓް ބައްޓަން ކުރި ގޮތް ކަމުނުދާތީ ފިލްމު ކުޅެން ދެކޮޅު ހެދި ކަމަށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސުޕަސްޓާ ފިލްމަށް 90 ކްރޯޑް ޑިމާންޑް ކުރި ކަމަށާއި ފިލްމު އުފެއްދި ފަރާތްތަކުން އޭނާއަށް މި އަދަދު ދިނުމަށް ދެކޮޅު ހެދުމުން ފިލްމު ދޫކޮށްލީކަމަށެވެ. އަދި 30 ކޯރުގައި ފިލްމު ކުޅެން ކާރްތިކް އާރިއަން ވަނީ ސޮއިކޮށްފައެވެ.

މިހާރު އެންމެ ފަހުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި އަކްޝޭ ކުމާރުވާހަކަތަކާ މެދު ބޮލީވުޑްގެ ޕްރޮޑިއުސަރު ފީރޯޒް ނާދިއަދުވާލާ އިންތިހާއަށް ވަނީ މާޔޫސްވެފައެވެ. އަދި އަކްޝޭއާއި ނުލައި އިތުރު ދެ ފިލްމެއް ކުރިއަށް ގެންދަން ނިންމާފައެވެ

ބޮލީވުޑް ހަންގާމާގައި ރިޕޯޓްތައް ބުނާ ގޮތުގައި ފީރޯޒް ނާޑިއަޑްވާލާ ވަނީ ހެރާ ފެރީ 3 އާއި ގުޅޭގޮތުން އަކްޝޭ ދެއްކި ވާހަކަތަކާ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.ހޭރާޕާރީ ސްކްރިޕްޓާ ބެހޭ ގޮތުން ދޮގު ވާހަކަ ދެއްކުމުން ފިލްމުގެ ބޮކްސް އޮފީސް ނަމްބަރުތަކަށް އަސަރުކުރާނެ ކަމަށް ފީރޯޒު ގަބޫލުކުރެއެވެ. އަދި އެގޮތަށް ވާހަކަ ދެއްކުމުން އަސަރުކުރަނެކަން އަކްޝޭއަށް ވަރަށް ބޮޑަށް އެނގޭ ކަމަށް ފްރޮޑިއުސަރު ފީރޯޒް ބުނެއެވެ.

އަކްޝޭގެ ރޯލު ކާތިކްއަށް ދީފައިވާއިރު, ބޫލް ބުލާޔާ 2 ގެ ކާމިޔާބީއާއެކު ކާރްތިކް އާރިޔަން ސާބިތުކޮށްދިނީ އޭނާގެ ކިބައިގައި ވެސް ކޮމެޑީ ފިލްމުތައް ދަމައިގަތުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ.