English Edition
Dhivehi Edition

ގިނަ ބަޔަކު އިންތިޒާރު ކުރާ ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ ހުރިހާ މެޗުތަކެއް ދިރާގުޓީވީގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ލައިވްކޮށް ބަލާލެވޭނެ އެވެ.

މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޔެސް ޓީވީ (ޗެނަލް 8) އަދި ރާއްޖެޓީވީން (ޗެނަލް 6) އެޗް.ޑީކޮށް ވޯލްޑް ކަޕްގެ މެޗުތައް ދިރާގުޓީވީ ފެންނާނެ އެވެ.

ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގެ ކޮންޓެންޓް ރައިޓްސް ދިރާގަށް ލިބިފައިވާ ގޮތުން މިމެޗުތައް ދިރާގުޕްލޭ މޮބައިލް އެޕްލިކޭޝަނުން ނުފެންނާނެ އެވެ.

ދިރާގުގެ އަމާޒަކީ މިއަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޓީވީގެ ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމެވެ.