English Edition
Dhivehi Edition

އެމްޑީޕީގެ ވޯޓާސް ލިސްޓުގައި އައްޑޫ މީދޫ ދާއިރާގެ ޕީޕީއެމް ކައުންސިލަރ އާމިނަތު ސޯލިހާގެ ނަންވެސް އެބައޮތް ކަމަށާއި، މިއީ ބޮޑު ޖޯކެއްކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިން މި 11 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޢާންމުކުރި އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޝަކުވާތަކާއި އިންތިޚާބާ ބެހޭ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި ލިސްޓުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ޕީޕީއެމް ކައުންސިލަރުގެ ނަން ވެސް ހިމެނިފައިވާކަން ފާހަގަކޮށް ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެހެން ޕާޓީ ތަކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށް ވޯޓު ލެވެނީ ކީއްވެގެންތޯ ވިދާޅުވެ ހަސަން ލަތީފާއި ސުވާލުކުރައްވާފައެވެ. އަދި އައްޑޫ މީދޫ ދާއިރާގެ ޕީޕީއެމް ކައުންސިލަރުގެ ނަން ވޯޓާސް ލިސްޓުގައި އޮތްކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅު މިއީ ބޮޑު ޖޯކެއްކަމަށެވެ. “މިކަން މިހެން ބަލައެއް ނުގަނެވޭނެ” ރޮޒައިނާ ވިދާޅުވިއެވެ.

 

މިމަހުގެ 25 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުފައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ނުހިމެނޭ މީހުންނަށް ވޯޓް ނުލެވޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ލިސްޓްގައި ނަން ހިމެނިފައިވޭތޯ ބެލުމަށް މޯބައިލް ފޯނުން މެސެޖެއް ކުރުމުން ބެލޭނެ އިންތިޒާމް ޕާޓީން ހަމަޖައްސާފައިވާއިރު މެސެޖު ފޮނުވާނީ MDP(space)IDnumber ޖެހުމަށްފަހު 637 އަށެވެ.

2 ކޮމެންޓް
މިވާރޮޒޭ
ސެޕްޓެމްބަރު 19, 2021
ޖޯކެއްކަން އަދި ކިރިޔާދޯ ތިއެނގުނީ. މިހުރިހާ ދުވަހު، އެމް.ޑީ.ޕީގެ މެމްބަރުން ގުނިގޮތެއް ނޭނގޭދޯ. ކެކެ. އާނ! ބޯކޮށް ލާރި އެބަ ލިބޭ ވިއްޔާ. އެކީއްކުރަން ބަލާއެއްޗެއް. މިފަހަރު ތިފެނުނީ ކޮންމެވެސް މީހަކަށް ޖެއްސުން ކުރަން ހިތުލައިގެން ހުރީމަ. އެހެން ނޫނީ ތިވެސް ނުފެނުނީސް.
ރަދީފް
ސެޕްޓެމްބަރު 19, 2021
ތަމެން ވެސް އެއީ ޖޯކެއް.ތަމެންގެ ޕާޓީ ވެސް އެއީ ޖޯކެއް.ލަދ ކޮބާ؟