English Edition
Dhivehi Edition

އަފިރިންގެ ފޮޓޯ ގްރަފީ ވޯކްޝޮޕް ގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ވޯކްޝޮޕް ނިންމާލައިފިއެވެ.

އޭއޯނިއުސް އިން އިންތިޒާމުކޮށްގެން އީކުއޭޓަރވިލެޖްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ސްޕޮންސަރ ކޮށްފައިވަނީ އީކުއޭޓަރވިލެޖުންނެވެ.

އޮގަސްޓް 12 ވަނަ ދުވަހުން ފެށިގެން 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި 10 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ބައްސަވައިދެއްވެވީ ފޭދޫ ސްކޫލުގައި ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވެވި، އަދި ކުޅަދާނަ ކުރެހުންތެރިއެއް ކަމަށްވާ އަޙްމަދު ފުވާދެވެ.

ފޮޓޯގްރަފީ ގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނާއި އަދި ފޮޓޯ ޖާނަލިޒަމް ގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވެވީ އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަޙީދާއި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީއެވެ.

ކުރެހުމާއި އަދި ފޮޓޯ ނެގުމާއި ހުރި އެއްގޮތް ކަންތައްތަކާއި ފޮޓޯއާއި ލިޔުމާއި ގުޅުވާލެވޭ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވެވީ އަލީ ފަހުމީއެވެ. އަލީ ފަހުމީއަކީ ކުޅަދާނަ ކުރެހުންތެރިއެއްގެ އިތުރުން މަޝްހޫރު ލިޔުންތެރިއެކެވެ.

ކެމެރާއާއި ފޮޓޯގްރަފީގެ އަސާސީ ބައިތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވެވީ މެނޭޖަރ މުޙައްމަދު ވަހީދެވެ. ރިސޯޓް މެނޭޖަރެއްގެ އިތުރުން ވަހީދަކީ ކުޅަދާނަ ފޮޓޯގްރާފަރެކެވެ. ފްލިކާ އަދި ފޭސްބުކްގައި ވަހީދުގެ ފޮޓޯތައް ހިމެނޭ ޕޭޖްތައް ހިމެނޭއިރު ރިސޯޓް ފޮޓޯ ނެގުމުގައިވެސް ވަހީދަކީ ކުޅަދާނަ ހުނަރުވެރިއެކެވެ.

މި ވޯކްޝޮޕްގެ ބައިވެރިން ޚާއްޞަކޮށްގެން ފޮޓޯ ނެގުމުގެ މުބާރާތެއް ވެސް ބޭއްވުމަށް އޭއޯނިއުސް އިން ވަނީ ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިކުރެވޭނީ އައްޑޫގެ ރީތިކަން ދައްކުވައިދޭ ފޮޓޯތަކެވެ.

1 ކޮމެންޓް
gabea
އޮގަސްޓް 16, 2017
Anekka akamaa. Addulive in ves mikahalei kamea kuranvee a nun.