English Edition
Dhivehi Edition
ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒުގެ ތެރެއިން: ފޮޓޯ/ އާމިނަތު ސާލިހާ/ އޭއޯނިއުސް

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ 20 ވަނަ ފޮޓޯ މަޢުރަޒު، އައްޑޫސިޓީގެ ހުޅުދޫގައި ބާއްވައިފިއެވެ.

ނޮވެމްބަރު 4 އިން 5 އަށް ހުޅުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ފޮޓޯ މައުރަޒު ހުޅުވައިދެއްވެވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ އިބްރާހީމްއެވެ.

މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި، ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް މި ފޮޓޯ މަޢުރަޒުގައި ހިމެނެއެވެ.

މި ފޮޓޯ މަޢުރަޒު ކުރިއަށް ގެންގޮސްފައިވަނީ 4 ވަނަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އަށް، އަދި ރޭގަނޑު 20:00 އިން ފެށިގެން 22:00 އާ ހަމައަށެވެ. އަދި، ގ ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އާ ހަމައަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާގެ އިސް އޮފިސަރުންނާއި އައްޑޫސިޓީ ހުޅުމީދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ވަނީ މި މައުރަޒަށް ޒިޔާރަތްކޮށްފައެވެ.

ފޮޓޯ މައުރަޒާއެކު ނޮވެމްބަރު 4 ވަނަ ދުވަހު ވަނީހުޅުދޫ ސްކޫލުގައި އާއިލީ ހަވީރެއް ވެސް ބާއްވާފައެވެ. މި އާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.