English Edition
Dhivehi Edition

މި ހަފްތާގައި ބޮލީވުޑްގެ ފޭނުންނަށް ލިބުނު އެންމެ އުފާވެރި ހަބަރަކީ ބޮލީވުޑް ތަރި ބިޕާޝާ ބާސޫ އަށް އަންހެން ދަރިއަކު ލިބުނު ހަބަރެވެ.

މި ހަބަރާއެކު އެތައް ބަޔަކު ތިބީ އެނާގެ ދަރިފުޅު ދެކިލާ ހިތުންނެވެ. ސަބަބަކީ ރަންބީރާއި އާލިއާއަށް ވެސް އަންހެން ދަރިއަކު ލިބުނުތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ނަމަވެސް, އެމީހުންގެ ދަރިފުޅު ވެސް އަދި ފޭނުންނަށް ނުފެނެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ބިޕާޝާ ވިހާފައިވާއިރު ދަރިފުޅަށް ދީފައިވާ ނަމަކީ ދީވީ ބާސޫ ސިންގް ގްރޯވަރ އެވެ. ބިޕާޝާ އާއި ކަރަން ދަރިފުޅާ އެކު އެނބުރި ގެއަށް އައިސްފައިވާއިރު، މި ދެތަރިން ވަނީ އެހެން ތަރިންނާއި ހިލާފަށް އެމީހުންގެ ދަރިފުޅާއެކު ޕޯސްކޮށް ނޫސްވެރިން އުފާކޮށްދީފައެވެ. ވީޑިއޯ

ފުރަތަމަ ފަހަރަށް އަންހެން ދަރިފުޅާއެކު ޕޯޒް ކުރިއިރު ބިޕާޝާ ހުރީ ވަރަށް އުފަލުންނެވެ. ބިޕާޝާ ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.