English Edition
Dhivehi Edition

ފުވައްމުލަކު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ އެ ހޮސްޕިޓަލުގެ އެސޯސިއޭޓް /ކޮންސަލްޓަންޓް/ ސަބް ސްޕެޝަލިސްޓް- ސަރޖަރީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ، އޯތޯޕީޑިއޭޓްރިޝަން،އެނެސްތީސިއޮލޮޖީ، އިންޓާރނަލް މެޑްސިންސީން،ރޭޑިއޮލޮޖީ، ސައިކޭޓްރީ، އޮފްތަލްމޮލޮޖީ މަގާމަށް މީހުން ބޭނުންވާ ކަމަށެވެ.

  • ކޮންސަލްޓަންޓް އިން ސައިކޭޓްރީ – ބޭނުންވާ އަދަދު 01
  • ކޮންސަލްޓަންޓް އިން އޮފްތަލްމޮލޮޖީ- ބޭނުންވާ އަދަދު 01
  • ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ- ބޭނުންވާ އަދަދު 01
  • ކޮންސަލްޓަންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ- ބޭނުންވާ އަދަދު 01
  • ކޮންސަލްޓަންޓް އިން އޯރތޮޕީޑިކްސް- ބޭނުންވާ އަދަދު 01
  • ކޮންސަލްޓަންޓް އިން ސަރޖަރީ- ބޭނުންވާ އަދަދު 01
  • ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ- ބޭނުންވާ އަދަދު 01
  • ކޮންސަލްޓަންޓް އިން މެޑިސިން- ބޭނުންވާ އަދަދު 01

ފުވައްމުލަކު ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx ފުރިހަމަކުރުމަށް ފަހު 22 ނޮވެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ފުވައްމުލަކު ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށް ހުށަހެޅުމަށް އެދިފައެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 04 ޑިސެންބަރ 2022 އާއި 22 ޑިސެންބަރ 2022 ދެމެދު ފުވައްމުލަކު ހޮސްޕިޓަލުގައެވެ.

އިއުލާން ލިންކް: https://www.gazette.gov.mv/iulaan/215901