English Edition
Dhivehi Edition
އައްޑޫސިޓީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖް: ފޮޓޯ/ ޝާމިން

ލަންޑަންގައި މިހާރު ކުރިއަށްދާ، ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ގައި އައްޑޫސިޓީއާއި އީކުއޭޓަރ ވިލެޖް ޕްރޮމޯޓް ކުރުމަށް އެ ހޮޓަލުން ބައިވެރިވެއްޖެއެވެ.

ނޮވެމްބަރު މަހުގެ 6 އިން 8 އަަށް ލަންޑަން ގައި ކުރިއަށް ގެންދާ ޓްރަވެލް ޓްރޭޑްގައި އީކުއޭޓަރ ވިލެޖުން ބައިވެރިވަނީ އެ ހޮޓަލުގެ މެނޭޖަރ މުޙައްމަދު ވަހީދެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ އީކުއޭޓަރ ވިލެޖުން އެ ހޮޓަލާއި އައްޑޫސިޓީ، މި އިވެންޓްގައި ޕްރޮމޯޓް ކުރާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

މި ފެއާރގައި އިނގިރޭސިވިލާތުގެ މާކެޓަށް އައްޑޫގެ ތަފާތު މާހައުލާއި އައްޑޫސިޓީއަށް ފަތުރުވެެރިން އަންނަން ޖެހޭ ސަބަބުތަކާއި އައްޑޫގެ ފަތުރުވެރިކަން ތަމްސީލްކޮށްދިނުމަށް މަސައްކަތް ކޮށް މިތަން އިޝްތިހާރު ކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭނެކަމަށް ވަހީދު ވިދާޅުވިއެވެ.

މި ފެއާގައި މީގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާ ޓޫރިސްޓް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ދަތުރުފަތުރު ކުރުމުގެދާއިރާގެ ބޮޑެތި ކުންފުނިތައްވެސް ވަނީ ބައިވެރިވެފައެވެ.

ލަންޑަންގެ ވޯލްޑް ޓްރެވަލް މާކެޓަކީ ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ދުނިޔޭގެ އެކިއެކި ކުންފުނިތައް އެއްތަނަކުން ބައްދަލުކޮށް އެފަރާތްތަކުގެ ވިޔަފާރި އިޝްތިހާރުކޮށް، ހުރި ފުރުސަތު ތަކާ ބެހޭގޮތުން ވާހަކަ ދައްކައި ވިޔަފާރި ޕްރޮމޯޓްކުރުމަށް ފުރުސަތު ހުޅުވައިދޭ ޕްލެޓްފޯމެކެވެ. އަދި މިއީ އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް އެކަކު އަނެކަކާއި ގުޅުވައިދޭ ނެޓްވޯކެކެވެ.