English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓު އަހަން ތައާވަލްކުރުމަށް ފަހު ވޯޓަށް ނާހާ މަޖިލީސް ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންދުރުފަހުގެ ދަންފަޅީގައި ޓެކްސް ބިލަށް ވޯޓު އެހުމަށް ނިންމާފައިވާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މެންބަރު ހަސަން އަފީފް އެވެ. އަފީފް ވަނީ ޓެކްސް ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލީހުގައި ކޯރަމް ނެތް ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމާލާފައެވެ.

މެމްބަރު އަފީފްގެ ނިންމުމާއި ގުޅިގެން ސަރުކާރަށް ތާއިދުކުރައްވާ އެމްޑީޕީ މެމްބަރުން އަންނަނީ މަޖިލީހުގައި އަޑުގަދަކުރަމުންނެވެ. އެހެންނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިތުރު ފުރުސަތެއް ނުދީ މަޖިލީސް ނިންމާލިކަން އިއުލާންކޮށްފައެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ މައްޗަށް އަމަލުކުރުން ލާޒިމް ބިލުތަކަށް ވޯޓަށް އެހޭނީ ޖަލްސާގައި، މަޖިލިސް މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން ތިއްބަވައިގެންނެވެ.

ސަރުކާރުން ނަގާ ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާ އިން ދައްކަން ޖެހޭ ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސެންޓަށް އިތުރު ކުރުމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ޓެގު