English Edition
Dhivehi Edition

އެއް ފައިމަތީގައި ފުޓްބޯޅަ ކުޅެނިކޮށް މީހުންގެ ސަމާލުކަން ހޯދި އަހުމަދު ޝަވަން މުހައްމަދު އަށް އައްޑޫ ސިޓީ އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރޭގެ ވަގުތެއްގައި ޝަވަން އައްޑޫ އަށް ގޮސްފައިވަނީ އައްޑޫ ސިޓީގެ މައިލޯ ކްލަބްގެ ދައުވަތަކަށެވެ. ޝަވަން އަށް އައްޑޫ ސިޓީ އިން ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު، އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އާއި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ވަނީ ޝަވަން އަށް ގަން އިންޓަނޭޝަނަލް އެއާރޕޯޓުން މަރުހަބާ ކިޔާފައެވެ.

ޝަވަންގެ އައްޑޫ ދަތުރުގައި، އައްޑޫގައި މިހާރު ކުރިއަށްދާ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މައިލޯ އެފްސީ އިން އިސްނަގައިގެން ޝަވަންއަށް ފަންޑް ރެއިޒްކުރުމުގެ ހަރަކާތެއްވެސް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

މަކުނުދޫ ސްކޫލްގެ އިންޓަ ހައުސް މުބާރާތުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޝަވަން އަކީ ދުނިޔެއަށް އުފަންވިއިރުވެސް ކަނާތު ފައިގެ ކަކުލުން ތިރި ނެތް ކުއްޖެކެވެ.