English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށް ދާ “ރަސްރަނި ނެޓްބޯޅަ ޗެލެންޖް” ގައި އިއްޔެ ކުޅުނު މެޗު މިފްކޯ ޓީމުން ކާމިޔާބުކޮށްފިއެވެ.

އިއްޔެގެ ފުރަތަމަ މެޗުގައި ހުޅުދޫ ޔޫތު ބައްދަލުކޮށް މިފްކޯ އިން މި މެޗު ކާމިޔާބުކުރީ 26-38 ކުންނެވެ. އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަޖަން އިސްމާއީލް އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ފެނަކަ އާއި އެމްޓީސީސީ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ދާދި ހަމަހަމަ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗު ކާމިޔާބު ކުރުމަށް ދެ ޓީމުންވެސް މަސައްކަތްކުރިއިރު މި މެޗު އެމްޓީސީސީ އިން ކާމިޔާބުކުރީ 23-24 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރިޔަމް ލައިޝާ ޝަރީފްއެވެ.

ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ) އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަދުވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ،

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަ ޖެހިފައިވާ އިރު ރަނަރއަޕް ޓީމަށް 5000ރ ދިނުމަށް ހަމަ ޖެހިފައި ވެއެވެ.