English Edition
Dhivehi Edition
- ސަން ފޮޓޯ

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން، އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން ސަމާލްކަން ދޭންވީ ކަންތައްތައް ބަޔާންކޮށް އެޗްޕީއޭ އިން ކުރި ޓުވިޓެއްގައި ވަނީ ދުމުގެ އަސަރުކުރި ސަރަހައްދަށް ނިކުތުމުގެ ކުރިން އަނގަޔާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ގޭގެ ދޮރާއި، ކުޑަދޮރުތައް ދުން ނުވަންނާނޭހެން ބަންދުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރޭ މެންދަމު 12:30ހާއިރު މ. ނިރުފެހީގެ ތިރީގައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ޙާދިސާއާއި ގުޅިގެން އެންއެންޑީއެފުންވަނީ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަން ހާމަ ކޮށްފައެވެ. އަދި އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:34 ހާއިރުއެވެ.