English Edition
Dhivehi Edition
ފޭދޫ ސްޕޯޓްސް އާއި ކުލަބު ލޮތާރި ކުޅުނު މެޗުގެ ތެރެއިން

އައްޑޫ ފުޓްބޯޅާ ޗެމްޕިއަންޝިޕް 2022 ގެ މީދޫ އަށް ނިސްބަތްވާ ކުލަބު ލޮތާރި ފޭދޫ ސްޕޯޓްސް އަތުން ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހު ހަވީރު (އިއްޔެ) އައްޑޫ ސްޓޭޑިއަމްގައި ކުޅުނު މެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބު ކުރީ 0-4 އިން ނެވެ.

މިއީ މި މުބާރާތުގައި ކުޅުނު 7 ވަނަ މެޗެވެ. އަދި ލޮތާރި އެފްސީ ގެ 3 ވަނަ މެޗެވެ. ފޭދޫ ސްޕޯޓްސްއާއެކު ކުޅުނު ދެވަނަ މެޗު ވެސް މެއެވެ.

މި މުބާރާތް ހުޅުވުނު މެޗުގައި ފޭދޫ ސްޕޯޓްސް 4 ގޯލު ޖެހި އިރު ލޮތާރި ޓީމުން ވަނީ 2 ލަނޑު ޖަހާފަ އެވެ. މި ނަތީޖާއެކު ލޮތާރި އެފްސީއަށް ވަނީ މި މުބާރާތުގައި ކުޅުނު 3 މެޗުން ވެސް ބަލިވެ ދެވަނަ ބުރަށް ދިއުމަށް އޮތް މަގު ވަރަށް ހަނިވެފަ އެވެ.

ދެވަނަ ހާފުގައި ލޮތާރި ޓީމުން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް ދެން ވެސް ފެނިގެން ދިޔައީ ފޭދޫސްޕޯޓްސް އިން ލަނޑެއް ޖަހާލިތަނެވެ.

ވިޝާން ހަބީބު 53 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު ފޭދޫ ސްޕޯޓްސް އިން އިތުރު ލަނޑު ޖަހަން މަސައްކަތް ކުރަމުންދިޔަ އެވެ. އެގޮތުން އަހުމަދު ބަލްސަމް ވަނީ 76 ވަނަ މިނިޓުގައި 3 ވަނަ ލަނޑު ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. ރަނގަޅު ފުރުސަތު ތަކެއް ހޯދަމުން މެޗު ނިންމާލީ 84 ވަނަ މިނިޓުގައި ފެނިގެން ދިޔަ ބަލްސަމް ގެ ދެވަނަ ލަނޑާއެކު 4-0 އިން ފޭދޫ ސްޕޯޓްސް މެޗު ކާމިޔާބު ކޮށްގެން ނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާ ފޭދޫސްޕޯޓްސް ތަޖުރިބާކާރު ފޯވާޑް ލިރުއާމް (ހަބޭސް ލިރު) އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެ އެވެ. މެދުވަލު އެފްސީ އާއި މަރަދު އެފްސީ ބައްދަލު ކުރާ މޗު ކުޅޭނީ މިއަދު ހަވީރު 16:00 ގައި އައްޑޫ ސްޓޭޑިއަމުގައެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހޭޕީ މާކެޓް ޓްރޭޑިން އެވެ.