English Edition
Dhivehi Edition

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް މަތިންދާ ބޯޓެއްގައި ދަތުރު ކޮށްފިއެވެ.

ތުރުކީގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ރުމޭސާ ގެލްގީ އެ ގައުމުގެ އެއާލައިން ގައި ދަތުރު ކުރީ ކެލިފޯނިއާ އަށް ދިޔުމަށެވެ.

ރުމޭސާގެ މި ދަތުރަށް ބޯޓުން 7 ފޫޓުގެ ޖާގައެއް ހުސް ކުރަން ޖެހުނެވެ. ބޯޓުގައި ރުމޭސާ ބާއްވާފައި އޮތީ އޭނާ އަށް ހާއްސަކޮށް އުފައްދާ ފައިވާ ސްޓްރެޗާ އެއްގައެވެ. ރުމޭސާ އަށް ތުރުކިޝް އެއާ ލައިނުން މި ފުރުސަތު ދިނުމުން އޭނާ ވަނީ އެ އާލައިނަށް ޝުކުރު އަދާ ކޮށްފައެވެ.

ފުރަތަމަ ދަތުރަށް ފުރުސަތު ލިބުމުން ރުމޭސާ ބުނީ މިއީ އޭނާގެ ފުރަތަމަ ދަތުރަށް ވި ނަމަވެސް މިކަހަލަ އެހެން ދަތުރުތައްކުރުމަށް ޝައުގުވެރިވާ ކަމަށެވެ.

ރުމޭސާ ގެ އިސްކޮޅުގައި ހުންނަނީ 7 ފޫޓެވެ. އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ދިގު އަންހެން މީހާ ކަމަށް ކަނޑަ އަޅައި ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ މީހެކެވެ. 2014 ވަނަ އަހަރުވެސް ރުމޭސާ ގެ ނަން ގިނިސް ވޯލްޑް ރެކޯޑް ފޮތަށް އެރިއެވެ. އޭރު އޭނާ އަށް އެފޮތުން ޖާގަ ލިބުނީ ދުނިޔޭގައި ހުރި އެންމެ ދިގު ޓީނޭޖް އަންހެން މީހާ ކަމަށް ނިންމާ ފައެވެ. މީގެ އިތުރުން ރުމޭސާ ވަނީ އެންމެ ދިގު އިނގިލިތައް އަދި އެންމެ ބޮޑު އަތްތިލަ ހުރި އަންހެން މީހާގެ ރެކޯޑުވެސް ހޯދާ ފައެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދިގު ފިރިހެން މީހާ އަކީވެސް ތުރުކީ މީހެކެވެ. އޭނާގެ އިސްކޮޅުގައި 8 ފޫޓޫ ހުރެއެވެ.