English Edition
Dhivehi Edition

ނަސްރުގެ ދުވަހުގެ ހަނދާންތައް, އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އާކޮށްފައިވަނީ އެ މަނިކުފާނު ޓުވިޓާގައި ހިއްސާކުރެއްވި ޅެމަކުންނެވެ.

ހަތަރު ބައިތުގެ މައްޗަށް އެކުލެވޭ އެ ޅެން ފައްޓަވަމުން ރައީސް ޔާމީން ވަނީ އަނެއްކާވެސް ބިރުވެރި ސިއްކަ ދުވަސް އައިސްފިކަމަށް ވިދާޅުވެފައެވެ. އެ ޅެމުގައި މި ސަރުކާރަށް ނުސީދާ ރައްދެއް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ދުވަހު ބަލިވި މީހުން އެ ދުވަސް ފާހަގަ ކުރަން ބޭނުންނުވާކަމަށެވެ.

އެމްޑީޕީ ސަރުކާރު ވެރިކަމަށް އައި ފަހުން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ކުލަ ގަދަކޮށް ފާހަގަނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 1988 ވަނަ އަހަރު ނޮވެމްބަރު 3 ގެ ހަމަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކު ބައިވެރިކަން ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ،