English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ރަސްރަނި ނެޓްބޯޅަ ޗެލެންޖް” ގައި 6 ޓީމު ބައިވެރިވެފައިވާއިރު، މުބާރަތުގެ ތައްޔާރީތައް ވަރަށް ފޯރިއާއި އެކު ކުރިއަށްދާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މި މުބާރާތުގައި ބައިވެރިފެވައިވާ ޓީމު ތަކަކީ:

  • ހުޅުދޫ ޔޫތު ފެލްކޮންސް
  • މީދޫ ވެރިއަރސް
  • ޓީމް މިފްކޯ
  • ކްލަބް އެމް.ޓީ.ސީ.ސީ
  • ޓީމް ހުޅުމީދޫ ހެލްތް ސެންޓަރ
  • ޓީމް ފެނަކަ

މި މުބާރާތަކީ ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ) އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ އައްޑޫ ހުޅުދޫ އަދި މީދޫ ނެޓްބޯޅަ ކުޅޭ ގިނަ ޒުވާނުން ތަކެއް ތިބި ރަށަކަށް ވެފައި އެކުދިންނަށް ނެޓްބޯޅައިގެ ރޮނގުން ކުރިއަށް ދިޔުމަށް ފުރުސަތު ހޯދައި ދިނުމުގެ އުންމީދުގައި ކަމަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަ ޖެހިފައިވާ އިރު ރަނަރއަޕް ޓީމަށް 5000ރ ދިނުމަށް ހަމަ ޖެހިފައި ވެއެވެ. ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގެ މައުލޫމާތު ހިއްސާ ކުރަމުން، މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ މިކަމަށް އެއްބާރު ލުން ދެމުން އަންނަ ހުރިހާ ފަރާތް ތަކަށް ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ)ގެ ނަމުގައި އާއި ބައިބެރި ވެފައިވާ 6ޓީމުގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި މުބާރާތް ފެށުމަށް ހަމަ ޖެހިފައިވަނީ ޖުމްހޫރީ ދުވަހުއެވެ.

“ރަސްރަނި ނެޓްބޯލް ޗެލެންޖް” ގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ “އޭއޯނިއުސް” އެވެ.