English Edition
Dhivehi Edition

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އައްޑޫގެ އިސްރަށްވެހިންނާ ބައްދަލުކުރުމަށް ބާއްވާ, ބައްދަލުވުން މާދަމާ އީކުއޭޓަރ ވިލެޖުގައި ކުރިއަށް ދާގޮތަށް ހަމަޖެހިފައިވާ ކަަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން އައްޑޫސިޓީގެ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު އޮންނާނީ މާދަމާ ހެނދުނު 8:00 އިން 13:00 އަށެވެ.

މިއީ ޕެންޝަން އޮފީހުން އިސްނަގައިގެން އިސްރަށްވެހިންނަށް ޚާއްޞަ ދުވަހެއް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެއް ކަމަށް އެ އޮފީހުން ބުނެއެވެ.

އެގޮތުން، އިސްރަށްވެހިންނާ ބައްދަލުކޮށް އެފަރާތްތަކުގެ ހާލު އަހުވާލު ބެލުމާއި އެފަރާތްތަކަށް ބޭނުންވާ މައުލޫމާތު ގާތުން ފޯރުކޮށްދިނުމާއި ޕެންޝަން އޮފީހުގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިވާ އެހެން މުވައްސަސާތަކުން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ފާހަގަކުރުމާއި އިސްރަށްވެހިންގެ އަގުވަޒަން ކުރުމުމި ޕްރޮގްރާމުގެ މަގްޞަދުގައި ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ހާމަކުރެއެވެ.

ޕެންޝަން އޮފީހުގެ އިތުރުން މިނިސްޓްރީއޮފް ޖެންޑަރ އެންޑް ފެމެލީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވިއަން ރެޑް ކްރެސެންޓް، އިސްރަށްވެހިންގެ ޖަމިއްޔާ، އެންސްޕާ އަދި ހިއުމަށް ރައިޓްސް އިން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން އީކުއޭޓަރވިލެޖަށް ދިއުމަށް ބަސްދަތުރު ވަނީ ހަމަޖެހިފައެވެ. އެގޮތުން ހެނދުނު 8:00 އިން ހިތަދޫ އިން މީހުން ނަގަން ފަށާނެ ކަމަށާއި 8:15 އިން މަރަދޫ އަދި 8:20 މަރަދޫ ފޭދޫ ، 8:25 އިން ފޭދޫގެ ބަސް ސްޓޮޕްތަކަށް ބަސް ދާނެ ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

1 ކޮމެންޓް
Ravehimeeha
ނޮވެމްބަރު 4, 2017
Hulhumeedhoo ge israhvehin noolhey dhetho????,