English Edition
Dhivehi Edition

އުފަލާއި ހިތްހަމަ ޖެހުމަކީ ފައިސާއިން ނުވަތަ މަޤާމަކުން، ހޯދޭނޭ އެއްޗެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ބާއްޖަވެރިކަމުގެ އަސާސަކީ އިމާންތެރިކަމާއި ކިޔަމަންތެރިކަމެވެ. މާތް ނަބިއްޔާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. ” އެމީހެއްހެ ހުރިހާ ވިސްނުމަކާއި ފިކުރެއް އަޚިރަތް ހާސިލް ކުރުމަށް ހުސްކޮށްފި މީހާ ދަންނާށެވެ. ﷲ އެމީހެއްގެ ހިތުގައި ފުދުންތެރިކަން ލައްވައެވެ. އަދި އޭނާއަށް ހުރިހާ ކަމެއް ފަހިކުރައްވާ ހުއްޓެވެ. އަދި ނުރުހިގެންވާ ހާލުގައި ދުނިޔެ އޭނާގެ ގާތައް އަންނަނާނެއެވެ. އެބަހީ (ދުނިޔެއިން ﷲ އޭނާއަށް މިންވަރު ކުރައްވާފައިވާ އެއްޗެއް އޭނާއަށް ލިބޭނެއެވެ. އަދި އެމީހެއްގެ ހުރިހާ ވެސް ވިސްނުމަކާއި ފިކުރަކީ ދުނިޔެ ހާސިލް ކުރުންކަމުގައި ހަދައިފި މީހާ ދަންނާށެވެ.! އޭނާގެ ބޭނުންތައް ނުފުދިފައިވާތަން ﷲ ތަޢާލާ އޭނާއަށް ދައްކަވާނެތެވެ. އަދި އެކަންކަމުގެ މައްޗަށް އޭނާގެ ހުރިހާކަމެއް ވިއްސިވިހާލި ކުރައްވާނެތެވެ. އަދި އޭނާ ކިތެންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް މާތް ﷲ މިންވަރު ކުރެއްވި އެއްޗެއް މެނުވީ ނިލބޭ ހުއްޓެވެ.” މިއަފުގެ ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި، ބުރަ މަސައްކަތް ކުރަނީ، އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށާއި އެގޮތުން އެކިއެކި ކަންކަމުގައި އަވަދިނެތި މަޟްޢޫލުވެ އުޅެއެވެ. އަދި ބާއްޖަވެރިކަން ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތައާލާ ހަނދުމަކުރަން ވެސް ހަނދާނެއް ނުހުރެއެވެ. އެ ކަލާނގެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސްނަމާދު މަތިންވެސް ހަނދާން ނުހުރުއެވެ.

މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދެވެ. ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ލޮބުވެތި ނަބިއްޔާ ބިލާލުގެފާނަށް ހަދީޘްކުރެއްވިއެވެ. ” އޭ ބިލާލުވެ! ނަމާދަށް ގޮވާލާށެވެ! ނަމާދުން އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭށެވެ!” އަދި ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް ކުރާމީހަކަށް ހުރި ބާއްޖަވެރިކަމާއި، ދަރުމައިގެ މަތިވެރިކަން ބަޔާންކުރައްވަމުން އިތުރު އެކަލާގެފާނު ހަދީޘް ކުރެއްވިއެވެ. ”

ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަަށްވުރެ ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް މާ ހެޔޮކަން ބޮޑުވެގެންވެއެވެ. ހަޤީޤީ ބާއްޖަވެރިކަމަކީ މިއީ ނޫން ހެއްޔެވެ؟ ނަމަވެސް އެ މަތިވެރިކަމާއި ބާއްޖަވެރިކަން ޙާސިލުކުރުމަށްޓަކައި ނަމާދަށް ފަރުވާތެރި ވަނީ ކިތައް މީހުން ހެއްޔެވެ؟ ވަޒީފާއަށް ދިޔުމަށްޓަކައި ހެދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް މުހިއްމުކަން ދެނީ ކިތައް މީހުން ހެއްޔެވެ؟ އާދޭހެވެ! އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސު ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހައި މުސްލިމުތަކުންނަށް ވިޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ. މިއަދުގެ ޚުތުބާގައި ވިދާޅުވެފައިވެއެވެ.