English Edition
Dhivehi Edition

ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު ބާޚިރާ ދޯނިން ގާއިމުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، 26 އޮކްޓޯބަރު 2022 ގައި 65 ޓަނުގެ މަސް ކިރުވައިގެން ގދ. ފަރެސްމާތޮޑާ ބާޚިރާ ދޯނިން މިވަނީ އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު ގާއިމުކޮށްފައެވެ.

މިހާތަނަށް ކޫއްޑޫއަށް އެންމެ ގިނަ މަސް ބޭނި ރިކޯޑު އޮތީ ޓީއެސް ލައިން ދޯނީގައެވެ. އެ ދޯނިން ވަނީ މިއަހަރުގެ ސެޕްޓެންބަރު ފަހުކޮޅުގައި 57 ޓަނު މަސް ކޫއްޑުއަށް ކިރުވާފައެވެ.

އޭގެކުރިން އެ ރެކޯޑް އޮތީ ގދ. ތިނަދޫ ރަސްމަގު ދޯނީގައެވެ. އެ ދޯނިން ވަނީ 2006 ވަނަ އަހަރު، އެއް ދުވަހުން 53 ޓަނު މަސް ބާނާފައެވެ.

އޭއޯ ނިއުސް ގެ ފަރާތުން ބާޚިރާ ދޯނީގެ އެންމެހާ ފަޅުވެރިންނަށް މަރުހަބާ ކިޔަމެވެ.