English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު މަރުހަލާގައި ރޭ އެފްސީ ސާލްސްބާގް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޗެލްސީން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސާލްސްބާގުގެ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ޗެލްސީން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި މާކޯ ކޮވަސިޗް ގެ ލަނޑުން ލީޑު ނަގާފައެވެ. ސާލްސްބާގުން ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކުރީ ފަހު ހާފުގެ 48 ވަނަ ިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަޑަމޫއެވެ. ޗެލްސީން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 64 ވަނަ މިނެޓުގައި ކައި ހަވަޓްޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭގެ މެޗުން ޗެލްސީން މޮޅުވެ ދެވަނަ ބުރައް ދަތުރުކުރިއިރު، އެޓީމު އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއި އެކު ގުރުޕުގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދި އޭސީ މިލާނެވެ. އޭސީމިލާނަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އަދި އެބައޮތެވެ.