English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އާސެނަލްއެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިނީ ގްރަނިޓް ޝާކާއެވެ. ޝަކާ މި ލަނޑު ޖެހީ ވިލިއަމްސް ވައިޓް ހުރަސްކޮށްދިން ބޯޅައެއް މަޑުވެސް ކޮށްނުލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު، ސައުތެމްޕްޓަންގެ ލަނޑު ޖަހާ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ސްޓުއާޓް އާމްސްޓްރޯންގް ޖަހައިދިން ލަނޑުންނެވެ.

މެޗު އެއްވަރުވި ނަމަވެސް އާސެނަލް އޮތީ 28 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބެނީ 26 ޕޮއިންޓެވެ. ސައުތެމްޕްޓަން އޮތީ 12 ޕޮއިންޓާއި އެކު 15 ވަނާގައެވެ.