English Edition
Dhivehi Edition
މުފްތީމެންކް އައްޑޫސިޓީ ގަމުގެ އެއާޕޯޓުގައި/ ފޮޓޯ: ޝާން އޭއޯނިއުސް

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް) އައްޑޫ ސިޓީގައި ދެއްވާ ދަރުސް ހާއްސަކޮށްފައިވަނީ “ޕްރޮޑަކްޓިވް މުސްލިމް” މި މައުޟޫއަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީގައި މުފްތީ މެންކް ދެއްވާ ދަރުސް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އައްޑޫ ސިޓީ ސްކޮޔާގައެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް، މުފްތީ މެންކްގެ ދަރުސްތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ގޮތިން މިމަހުގެ 28ވަނަ ދުވަހު މާލެ ސިޓީގެ އަލިމަސް ކާނިވަލުގައި ދެއްވާ ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ. އަދި މި މަހުގެ 29ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދެއްވާ ދަރުސްގެ މައުޟޫއަކީ އިސްލާމްކަމާއި އޯގާތެރިކަން” މި މައުޟޫއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސްތައް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:45ގައިކަމަށާއި ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ހުޅުވާ ނުލާނެކަމަށެވެ.