English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ރައީސް ޔާމީންގެ މި ދަތުރުފުޅުގެ މަގްސަދަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި އެ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކެމްޕެއިން ދަތުރުތައް ފަށާފައިވާއިރު އެމަނިކުފާނު އެންމެ ފަހުން ވަޑައިގެންނެވީ ހއ. އަތޮޅުގެ ރަށްތަކަށެެވެ. އަދި މިމަހުގެ 25 އިން 28ގެ ނިޔަލަށް ނ. އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އަންނަ ނޮވެމްބަރުމަހު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.