English Edition
Dhivehi Edition

“ރަސްރަނި ނެޓްބޯލް ޗެލެންޖް” ނަމުގައި އައްޑޫ ސިޓީ ހުޅުމީދޫގައި ނެޓްބޯޅަ މުބާރާތެއް ފެށުމައް ހަމަ ޖެހިއްޖެއެވެ.

މި މުބާރާތަކީ ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ) ގެ ފަރާތުން އައްޑޫސިޓީ އަށް ހުޅުވައިގެން ބާއްވާ މުބާރާތެކެވެ.

ރަސްރަނި ނެޓްބޯލް ޗެލެންޖް އިންތިޒާމް ކުރި ފަރާތުން “އޭއޯނިއުސް” އާ ވާހަކަ ދައްކަމުން ބުނީ، މި މުބާރަތަކީ އިޖުތިމާއީ ގުޅުން ހަރުދަނާ ކޮށް ހޭލުންތެރިކަން އިތުރު ކުރުމާއި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަ ޖެހިފައިވާ އިރު ރަނަރއަޕް ޓީމަށް 5000ރ ދިނުމަށް ހަމަ ޖެހިފައި ވެއެވެ. ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގެ މައުލޫމާތު ހިއްސާ ކުރަމުން، މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ މިކަމަށް އެއްބާރު ލުން ދެމުން އަންނަ ހުރިހާ ފަރާތް ތަކަށް ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ)ގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި މުބާރާތް ފެށުމަށް ހަމަ ޖެހިފައިވަނީ ޖުމްހޫރީ ދުވަހުއެވެ. މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ 25 އޮކްޓޯބަރ 2022 އެވެ.

“ރަސްރަނި ނެޓްބޯލް ޗެލެންޖް” ގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ “އޭއޯނިއުސް” އެވެ.