English Edition
Dhivehi Edition

ގދ. ތިނަދޫ ކައުންސިލުން އިސްނަގައިގެން ބާއްވާ “ހަރަހެރި 2022” ފުޓްސަލް މުބާރާތް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އަންނަ މަހުގެ ކުރީކޮޅުގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް އިންތިޒާމުކުރާ ތިނަދޫ އެސޯސިއޭޝަން ފޮ ޔޫތު ޑިވެލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިޔާއިން މިއަދު ވަނީ މުބާރާތުގެ ރަސްމީ ލޯގޯއާއެކު މުބާރާތުގައި ބައިވެރިވުމަށް ޓީމްތައް ރަޖިސްޓްރީވާން ޖެހޭ ތާރީހް އިއުލާނުކޮށްފައެވެ. އެގޮތުން ޓީމް ރެޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތާއި ބެހޭގޮތުން އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓޭޑް ޖަމިއްޔާގެ ނައިބު ރައީސް ޝިޔާޒް ނައީމް ވިދާޅުވީ ޗެންޕިއަން ޓީމަށް 20،000، ރަނަރަޕް ޓީމަށް 8،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ތިނަދޫގެ އިތުރުން އެހެން ރަށްތަކުގެ ޓީމުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށެވެ. އެގޮތުން ރަށުން ބޭރުގެ 04 ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޓީމް ލިސްޓުގައި ރަށުން ބޭރު ކުޅުންތެރިން ހިމެނޭނެ އަދަދާއި މުބާރާތް ކުރިއަށްދާނެ ގޮތުގެ ގަވާއިދުތައް އެކުލަވާލެވިފައިވާ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7996068 އަށް ގުޅުމަށް ޓޭޑުން އެދެއެވެ.