English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިއަދު ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާކަމަށެވެ. އެހެންކަމުން މައްސަލައިގެ ހުކުން ކުރުން ލަސްވުމާއި ގުޅިގެން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާގައި ރަފީޢުއްދީން އަޙްމަދުގެ މައްސަލަ ބަލަން ނިންމާ މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ޓެގު