ދީނީ އިލްމު ވެރިޔާ މުފްތީ މެންކް ސިންގަޕޫރަށް ވަނުންމަނާ ކޮށްފައި މިވަނީ މިއަންނަ ނޮވެމްބަރު ފަހުކޮޅު ސިންގަޕޫރުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކްރުއިޒެއްގައި އެނާ ދިނީ ނަސޭހަތްދޭން ހަމަޖެހިފައި ވަނިކޮށެވެ.
މުފްތީ މެންކްގެ އިތުރުން މެލޭޝިއާގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ހަސްލިން ބިން ބަހާރިމް ވެސް ވަނީ ސިންގަޕޫރަށް އެތެރެ ވުން މަނާ ކޮށްފައެވެ.
ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިކަމާ ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މުފްތީ މެންކް އަދި ބަހާރިމް އެގައުމަށް އެތެރެވުން މަނާ ކޮށްފައިވަނީ އެމީހުން، އެގައުމުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދަން އުޅޭތީ ކަމުގައިވެ.
މުފްތީ މެންކަށް ހުއްދަ ދީފައި ނުވަނީ އެނާ މީހުން އެއްކޮށް ބައިބައިވުން އުފައްދަން މަސައްކަތް ކުރާތީ ކަމަށް އެފަރާތުން ވިދާޅުވެއެވެ. އަދި ބާހާރިމް މުސްލިމް އަދި ޣައިރު މުސްލުމުންނާ މެދު ބައިބައިވުން އުފައްދަން މަސައްކަތްކުރާ ކަމަށް މިނިސްޓްރީ އިން ތުހުމަތު ކުރެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި އެމީހުން ކްރުއިޒެއްގައި އައިސް ގައުމަށް އެތެރެވާން އުޅުނަސް އެތެރެ ނުވެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން މެންކް އެނާގެ ފޭސްބުކްގައި އަންގާރަ ދުވަހު ބުނެފައިވަނީ އެނާ ކްރުއިޒެއްގައި އައިސް ވަނުންމަނާ ކޮށްފައި އޮއްވައި އައިސް ވަންނަން އުޅޭ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމުގައެވެ.
އެނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ކުރުއިޒުގައި އޭނާއަށް ދެވެންނެތް ކަމަށާއި ސިންގަޕޫރަށް ފަތުރު ވެރިއެއްގެ ގޮތުގައި އެނާ ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމުގައެވެ. ނަމަވެސް ކުރުއިޒްގައި މީހާރު ނުދެވެނީ އެނާގެ ބާރުގެ ދަށުގައި ނެތް ކަންކަމުގެ ސަބަބުން ކަމަށެވެ.
މި ކުރުއިޒް ދަތުރުގެ ބޭނުމަކީ ދީނީ ނަސޭހަތްތަކެއްދީ އަދި އެއިން ލީބޭ ލާރި ބަންޑާ އައްޗޭގެ ހާލުގައި ޖެހިފައިވާ މީހުންނަށް ހަދިޔާ ކުރުން ކަމުގައި ކުރުއިޒް އިންތިޒާމު ކުރާ ފަރާތް އަދި މެންކް ވެސް ވަނީ ފާހަގަ ކޮށްފައެވެ.